ބްރެޒިލްގެ ފަސްޓް ލޭޑީ މިޝޭލް ބޮލްސޮނާރޯ ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
ބްރެޒިލްގެ ފަސްޓްލޭޑީ މިޝޭލް ކޮވިޑަށް ޕޮޒިޓިވް ވުމާއެކު ޑޮކްޓަރުންގެ ހާއްސަ ބެލުމުގެދަށުން މޮނިޓާކުރަމުން އަންނަ ކަމަށް އެގައުމުގެ އޮފިޝަލުން ބުނެއެވެ.
ބްރެޒިލްގެ ރައީސްގެ ޕްރެސް އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ފަސްޓް ލޭޑީގެ ހާލުކޮޅު ރަނގަޅެވެ.
މިޝޭލް ވަނީ މިދިޔަ ބުދަދުވަހު އޮތް އިވެންޓެއްގައި ރައީސް ޖައިރް ބޮލްސޮނާރޯ ގެ އަރިހުގައި ބައިވެރިވެވަޑައިގެންފައެވެ.
ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ ވެސް ވަނީ ދާދިފަހުން ކޮވިޑަށް ޕޮޒިޓިވްވެ އައިސޮލޭޝަން ގައި ދެހަފުތާ ހޭދަކުރައްވައިފައެވެ. މިދިޔަ ހޮނިހިރު ދުވަހު ރައީސް ޖައިރް ބޮލްސޮނާރޯ ވނީ ކޮވިޑަށް ނެގެޓިވްވެވަޑައިގެންފައެވެ.
ބްރެޒިލް އަކީ ލެޓިން އެމެރިކާގައި އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ގައުމެވެ. އެގައުމުން މިހާތަނަށް 2.6 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާ ކަމަށް ރެކޯޑު ކޮށްފައި ވެއެވެ. އަދި 91000 އަށްވުރެން ގިނަ މީހުން މަރުވެފައި ވެއެވެ.
ބްރެޒިލް
ބްރެޒިލް
ބްރެޒިލް
ބްރެޒިލް