ކުއްލި ޚަބަރު

ބ. ކަމަދޫ ހޯމް ކަރަންޓީންގައި ހުރި ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އަލީ ޔާމިން

ބ. ކަމަދޫ ހޯމް ކަރަންޓީންގައި ހުރި ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އޮފިޝަލަކު "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ކަމަދޫ ހޯމް ކަރަންޓީންގައި ހުރި ބިދޭސީއަކު ރޭގެ ވަގުތެއްގައި ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ޕޮޒިޓިވްވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެކެވެ. އޭނާ ޕޮޒިޓިވްވެފައިވަނީ ކަރަންޓީންގެ މުއްދަތު ހަމަކުރުމުން ކަރަންޓީނުން ދޫކޮށްލުމަށް ނެގުނު ސާމްޕަލްއިންނެވެ.

ބ. ކަމަދޫ ހޯމް ކަރަންޓީންގައި ހުރި ބިދޭސީއަކު ޕޮޒިޓިވްވެފައިވާ އިރު، މިދިޔަ ހަފުތާގެ ތެރޭގައިވަނީ ބ. އޭދަފުށީ ހޯމް ކަރަންޓީންގައި ހުރި ދެމީހަކުވެސް ކޮވިޑަށް ޕޮޒިޓިވްވެފައެވެ.