މޯލްޑިވްސް މީޑިއާ ކައުންސިލް، (އެމްއެމްސީ)ގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެމްއެމްސީގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވިކަން އެ މުއައްސަސާއަށް އެޗްޕީއޭ އިން އެނގީ އިއްޔެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވްވެފައި ވަނީ އެމްއެމްސީގައި އިދާރީ މަސައްކަތް ކުރާ ފިރިހެން މުވައްޒަފެކެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި މި މުވައްޒަފު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އޮފީސް މާހައުލުން ބޭރުންނެވެ. އަދި ޕޮޒިޓިވް ވި މުވައްޒަފަކީ އާއިލާގެ މެންބަރަކު ކޮވިޑަށް ޕޮޒިޓިވް ވުމުން ކޮންޓެކްޓް ޓްރޭސިންގްގެ ދަށުން ފާހަގަވި މީހެކެވެ.
މި މުވައްޒަފު އޮފީހަށް ނުނިކުންނަތާ ދުވަސްކޮޅެއް ވެފައި ވީނަމަވެސް، އޮފީހުގެ ދެ މުވައްޒަފަކު ކޮންޓެކްޓް ޓްރޭސިންގެ ދަށުން ފާހަގަ ވެފައި ވުމުން އެ ދެ މުވައްޒަފުން މިހާރު ތިބީ ހޯމް ކަރަންޓީނުގައެވެ. މި ދެ މުވައްޒަފުންނަކީ ޕޮޒިޓިވް ވި މުވައްޒަފު އެންމެ ފަހުން އޮފީހަށް ދިޔަ ދުވަހު ޑައިރެކްޓް ކޮންޓެކްޓުވި ދެ މީހުންނެވެ.
ކޮވިޑަށް ޕޮޒިޓިވް ވި މުވައްޒަފު މިދިޔަ ދުވަސްތަކުގެ ތެރޭގައި، މީޑިއާ ކައުންސިލްގެ އެއްވެސް މެންބަރަކާ ބައްދަލުވެފައި ނުވާ ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.
މާލެ ފުރަބަންދު ކުރި ފަހުން އެމްއެމްސީގެ ހުރިހާ ބައްދަލުވުންތަކެއް ބާއްވަމުން އަންނަނީ އޮންލައިންކޮށެވެ. ނަމަވެސް ފުރަބަންދަށް ލުއިތަކެއް ދިނުމާއެކު އިދާރީ މުވައްޒަފުން އަލުން ވަނީ އޮފީހަށް ނިކުންނަން ފަށައިފައެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް
މޯލްޑިވްސް މީޑިއާ ކައުންސިލް
މޯލްޑިވްސް މީޑިއާ ކައުންސިލް
މޯލްޑިވްސް މީޑިއާ ކައުންސިލް