ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާއްމުންގެ ތެރެއިން ކަނޑައަޅާ މެންބަރެއްގެ ގޮތުގައި، ސ. މަރަދޫ މޫންލައިޓް ހައުސް އައިމިނަތު އުއްމު ކުލްސުމް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މަޖިލިސް ތަޅުމަށް ފޮނުވީ، އާއްމުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅާ މެންބަރެއްގެ ގޮތުގައި، ސ. މަރަދޫ މޫންލައިޓް ހައުސް އައިމިނަތު އުއްމު ކުލްސުމް އާއި ހ.ރޯސްމެރީ އާދަމް މިގްދާދާއި ދެބޭފުޅުންގެ ތެރެއިން ބޭފުޅަކު ކަނޑައެޅުމަށެވެ.
އެ ދެބޭފުޅުންގެ ތެރެއިން ފުރަތަމަ ވޯޓަށް އެއްސެވީ، އުއްމުކުލްސުމްގެ ނަމަށެވެ.
އުއްމުކުލްސުމްގެ ނަން ފާސްކުރީ، ޖަލްސާގައި ތިއްބެވި 72 މެންބަރުންގެ ތެރެއިން 67 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ޖޭއެސްސީގައި ތިއްބަވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި، އުއްތަމަ ފަނޑިޔާރު ފިޔަވައި، ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިހާބު ކުރާ ފަނޑިޔާރަކާއި، ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިހާބު ކުރާ ފަނޑިޔާރަކާއި، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އިންތިހާބު ކުރާ ފަނޑިޔާރަކާއި، އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައަޅާ މެންބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ކަނޑައަޅާ މެންބަރަކާއި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެންބަރެއްގެ އިތުރުން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސްއާއި، ދައުލަތުގެ ބަންޑާރަ ނައިބެވެ.
އާންމު ތެރެއިން ކޮމިޝަންގައި އިންނަވާ މެންބަރު މިއަދު މަޖިލީހުން ފާސްކޮށްފައިވާއިރު، ސިވިލްސާވިސް ކޮމިޝަންގެ ރައީސް މިހާރު އިސްތިއުފާ ދެއްވާފައިވާތީ، ސިވިލް ސާވިސް ކޮމިޝަންގެ ރައީސްގެ ގޮނޑި ޖޭއެސްސީން ވަނީ ހުސްވެފައެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން