ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ގާނޫނީ ވަކީލު އާދަމް ޝަމީމް މިއަދު އައްޔަންކޮށްފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވެ، އިންޓަވިއުއިން އެންމެ މަތިން މާކްސް ލިބުނީ، ދ. މާއެނބޫދޫ މަލާޒް، އާދަމް ޝަމީމަށް ކަމަށެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް 10 ބޭފުޅަކު ކުރިމަތިލެއްވިއެވެ.

އާދަމް ޝަމީމް މި މަގާމަށް އައްޔަންކުރެއްވި އިރު ހުންނެވީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގައެވެ.

އާދަމް ޝަމީމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ދައުވާތަކާ ގުޅިގެން ހިންގި ޝަރީއަތްތަކުގައި ޔާމީނުގެ ވަކީލުންގެ ޓީމުގައިވެސް ހިމެނިވަޑައިގެންނެވި އެއް ވަކީލެވެ.