ހައި ކޯޓުގެ ފަނޑިޔާރުކަމަށް މިދިޔަ ސެޕްޓެމްބަރު މަހު އައްޔަންކުރެއްވި އިބްރާހިމް މާހިރު އެ މަގާމުން ރިޓަޔާކުރައްވަން ނިންމަވައިފި އެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ފަނޑިޔާރުގެ މަގާމުން މާހިރު ރިޓަޔާކުރައްވަން ހުށަހެޅުއްވުމުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އެކަން ގަބޫލުކޮށްފަ އެވެ.
އެއާއެކު އަންނަ މަހުހެ ހަ ވަނަ ދުވަހުން ފެށިގެން އޭނާ ޝަރަފުވެރިކަމާއެކު މަގާމުން ވަކިވެވަޑައިގަންނަވާނެއެވެ. ނަމަވެސް އޭނާ ރިޓަޔާ ކުރައްވާ ސަބަބެއް ސާފެއް ނޫނެވެ.
ގާޒީ މާހިރު ފަނޑިޔާރު ކަމުގެ މަގާމަށް އެންމެ ފުރަތަމަ ވަޑައިގަތީ 9 ނޮވެމްބަރު 2005 ގައެވެ. އެގޮތުން އެންމެ ފުރަތަމަ އޭނާ ހުންނެވީ މަދަނީ ކޯޓުގެ ގާޒީ ކަމުގެ މަގާމުގަ އެވެ.
އޭގެ ފަހުން ފެމިލީ ކޯޓުގެ ގާޒީ ކަމަށް ބަދަލުވެފައިވަނީ 23 މޭ 2010 ގައެވެ. އެ ކޯޓުގެ އިސް ގާޒީގެ މަގާމަށް އައްޔަނު ކުރެއްވީ 2022 އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. ހައި ކޯޓަށް އައްޔަނުކުރެއްވުމާ ހަމައަށް އޭނާ ހުންނެވީ އެ މަގާމުގައެވެ.
އަލީ ޔާމިން
ހައިކޯޓު
ހައިކޯޓު
ހައިކޯޓު
ކޮމެންޓް