ދިއްލީގެ ކޮންމެ ހަތަރު މީހެއްގެ ތެރެއިން އެކަކަށް ކޮވިޑް ޖެހިފައިވާކަމަށް އިންޑިއާ ސަރުކާރުން ހެދި ސާވޭއަކުން ދައްކައިފިއެވެ.
އިންޑިއާގެ ވެރިއަށް ދިއްލީގައި ހަދާފައިވާ މި ސާވޭއިން ދައްކާގޮތުން ސާވޭގައި ބައިވެރިވި 21،387 މީހެއްގެ އެންޓި ބޮޑީ ޓެސްޓުގެ ނަތީޖާއިން %23.48 މީހުން ނަށް ކޮވިޑް ޖެހިފައިވާކަން ވަނީ ފާހަގަ ވެފައެވެ.
މިދިރާސާއާ އެކު ދިއްލީގައި ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ އަދަދަށް ވުރެން އެތައް ގުނައެއް ގިނަ ބަޔަކަށް މިބަލި ޖެހިފައިވާނެ ކަމަށް ވަނީ ދައްކައިފައެވެ.
ދިއްލީ އިން 123.747 ކޭސް މިހާތަނަށް ފެނިފައި ވެއެވެ. އެއީ ދިއްލީގެ އާބާދީގެ 19.8 މިލިއަން މީހުންގެތެރެއިން 1 ޕަސެންޓު މީހުންނެވެ.
ދިރާސާކުރި ފަރާތުން ވަނީ ދިއްލީގެ އާބާދީގެ 4.65 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާނެ ކަމަށް ލަފާކޮށްފައެވެ. އަދި މީގެތެރެއިން ގިނަ ބައެއްގެ ގައިން އެއްވެސް އަލާމާތެއް ފެނިފައި ނުވާކަމަށް ވަނީ ދައްކައިފައެވެ.
މިދިރާސާއެކު އިންޑިއާގެ އެންމެ ސިޓީއެއްގެ ހާލަތު ނުރައްކާވެފައިވާ ވަރު ފެންނަކަމަށް ތަޖުރިބާކާރުން ވަނީ ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ