އާސަންދައިގެ ދަށުން އިންޑިއާއަށް ދިޔަ ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު "ވަން" އަށް ވިދާޅުވީ، ޕޮޒިޓިވް ވި ދިވެހި މީހާގެ ހާލު ރަނގަޅު ކަމަށާއި އޭނާ މިވަގުތު ހުރީ އައިސޮލޭޝަންގައި ކަމަށެވެ.

މި ކޭސްއާ ގުޅިގެން އާސަންދަ ކުންފުނިން އަދި އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ޕޮޒިޓިވް ވި ދިވެހި މީހާއަކީ އާސަންދައިގެ ދަށުން އިންޑިއާއަށް ގެންދިޔަ ދެވަނަ ބެޗުގައި ހިމެނޭ މީހެކެވެ. އޭނާއަކީ ކެންސަރު ޕޭޝަންޓެއްކަން ވެސް ވަނީ އެނގިފަ އެވެ.