ކޮވިޑާ ގުޅިގެން ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް ލިބެން ޖެހޭ އެލަވަންސް ވީހާވެސް އަވަހަށް ދިނުމަށް ސަރުކާރަށް ގޮވާލައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މި މައސަލަ ހުށަހެޅުމުން ނެގި ވޯޓުގައި، ޖަލްސާގައި ތިއްބެވި 27 މެންބަރުންގެ ތެރެއިން، އަށް މެންބަރުން އެ މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވިނަމަވެސް 14 މެންބަރުން އެއާ ހިލާފަށް މައްސަލަ ބޭރުކޮށްލަން ވޯޓު ދެއްވިއެވެ.

އެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދަން 12 މެންބަރުންގެ ވޯތު ބޭނުންވެއެވެ.

މެންބަރު އަހުމަދު ޝިޔާމް މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވި އިރު، ދާދި ފަހުން ސަރުކާރުން ވަނީ ފްރޮންޓްލައިން އެލަވަންސް މި މަހުގެ މުސާރައާ އެކު ލިބޭނެ ކަމަށް އިއުލާނު ކޮށްފަ އެވެ.

ތަފްސީލް އަންނަނީ