ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ބެލުމުގެ ދަށުގައިވާ ފުޓުބޯޅަ ދަނޑުތައް ހުޅުވާލަން ނިންމައި އަމަލުކުރަން ޖެހޭ ގައިޑް ލައިން އާންމު ކޮށްފި އެވެ.
އެފްއޭއެމް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިއަދު ދަނޑުތައް ޓީމް ތަކަށާއި އާންމުންނަށް ހުޅުވާލަން ނިންމި ނަމަވެސް އެ އެސޯސިއޭޝަނުން ހަދާފައިވާ ގައިޑްލައިންތަކަށް ހުރިހާ އެންމެންވެސް އަމަލު ކުރަން ވާނެ ކަމަށެވެ.
އެގޮތުން ޕްރެކްޓިސްތައް ކުރިޔަށްދާއިރު، ކުޅުންތެރިންނާއި، ކޯޗުން އަދި އޮފިޝަލުންގެ މެދުގައި ގައިދުރުކަން ބެހެއްޓުމާއި، ޕްރެކްޓިސްއަށް ދާއިރު ކޮވިޑް19 ވެބްސައިޓުގައިވާ ގޮތަށް މާސްއެޅުމާއި، ކޮވިޑް19 ގެ އަލާމާތެއް ފެނިއްޖެނަމަ ޕްރެކްޓިސްއަށް ނުދިއުމާއި ގޭގައި އުޅޭ މީހެއްގެ ކިބައިންވެސް މިފަދަ އަލާމާތެއް ފެނިއްޖެ ނަމަ ޕްރެކްޓިސްތަކުގައި ބައިވެރި ނުވުމަށް އެފްއޭއެމްގެ ބަޔާނުގައިވަނީ ބުނެފައެވެ.
މީގެ އިތުރުން ހެނދުނު 6:00 އިން 8:00 އަށް އަދި ހަވީރު 16:00 އިން ރޭގަނޑު 20:00 އަށް ގަޑިތަކުގައި ޕްރެކްޓިސް ކުރިޔަށް ގެންދިއުމާއި، އަމިއްލަ ތަކެތި ވަކީން، ފެން ފުޅި އަދި ސެނެޓައިޒާ ބޭނުން ކުރުމާއި ދަނޑުމައްޗަށް ކުޅު ނުޖެހުމުގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން އިރުޝާދު ދީފައިވާ ގޮތަށް އަމިއްލަ ސާފުތާހިރުކަން ގެންގުޅުމަށް އެފްއޭއެމް އިން ވަނީ އިލްތިމާސްކޮށްފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު