ސީޒަންގެ ބާކީ ދެ މެޗު އޮއްވައި ވަޓްފޯޑްގެ ކޯޗް ކަމުން ނިގެލް ޕިއާސަން ވަކި ކޮށްފި އެވެ.
ރެލިގޭޝަން ޒޯނާ ކައިރީގައި އޮތް ވަޓްފޯޑްގެ ކޯޗް ކަމުން ނިގެލް ޕިއާސަން ވަކި ކުރީ ހުކުރު ދުވަހު ވެސްޓްހަމް ޔުނައިޓެޑް އަތުން ބަލިވެ ރެލިގޭޝަން ޒޯނަށް ވެއްޓުމުގެ ބިރު އެ ޓީމަށް ކުރިމަތި ވުމުންނެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކޯޗްކަމާ ހަވާލު ވި ޕިއާސަންގެ ކުރިން އެޓީމުގެ ކޯޗްކަމުގެ މަގާމުގައި ހުރި ކީކޭ ސަންޗޭޒް ފްލޮރޭސްގެ ކޯޗް ކަމުގައި އެ ޓީމަށް 15 މެޗުން ހޯދުނީ އަށް ޕޮއިންޓެވެ. ނަމަވެސް ޕިއާސަން ކޯޗް ކަމާ ހަވާލުވި ފަހުން އެ މުއްދަތުގައި ލެސްޓާ ސިޓީ އާއި ގަދަ ހަތަކަށް ވާދަ ކުރާ ހަތް ޓީމަށް ވުރެ ގިނައިން ޕޮއިންޓް ހޯދި އެވެ.
ޕިއާސަން އެޓީމުގެ ކޯޗްކަމާ ހަވާލުވެ އެޓީމު ރެލިގޭޝަން ޒޯނާ ދުރު ކޮށްދިންއިރު، އޭނާ ވަނީ ވަރުގަދަ މެންޗެސްޓާ ޔުނައިޓެޑާއި ލީގު ޗެމްޕިއަން ލިވަޕޫލް ބަލިކޮށްފައެވެ. ރިޕޯޓްތައް ބުނާ ގޮތުން އެޓީމަށް ބާކީ އޮތް ދެ މެޗުގައި އިރުޝާދު ދޭނީ އެ ކުލަބުގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗް ހޭޑެން މަލިންސް އެވެ. އޭނާ އަކީ މި ސީޒަންގައި ވަޓްފޯޑަށް ކޯޗް ކޮށްދޭ ތިން ވަނަ ކޯޗެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު