ބަންގްލަދޭޝްގެ އިތުރު 152 ރައްޔިތުން ގައުމަށް ފޮނުވާލައިފި އެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް އެމީހުން މިއަދު ފުރުވާލީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. މިއީ ބަންގްލަދޭޝްގެ ރައްޔިތުންނާއެކު ޑާކާ އަށް ދިޔަ މޯލްޑިވިިއަންގެ 21 ވަނަ ރިޕެޓްރިއޭޝަން ފްލައިޓެވެ. މޯލްޑިވިއަންގެ ފްލައިޓުތަކުގައި މިމަހު އެކަނިވެސް 900 އަށްވުރެ ގިނަ ބަންގްލަދޭޝް މީހުން އަނބުރާ ގަައުމަށް ފޮނުވާލައިފައި ވެއެވެ.

ލިޔެކިޔުން ނެތި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ މީހުންގެ ތެރޭގައި ގިނައީ ބަންގްލަދޭޝް މީހުންނެވެ. ނަމަވެސް އެމީހުންގެ ސީދާ އަދަދެއް ހޯދިފައި ނުވާއިރު، ސަރުކާރުން އަންދާޒާކުރާ ގޮތުގައި ގަވާއިދާ ހިލާފަށް ރާއްޖޭގައި 60،000 އަށްވުރެ ގިނަ ބިދޭސީން އުޅޭނެއެވެ.