ރާއްޖެއަށް މިއަދު އައި އެއްވެސް ފަތުރުވެރިއެއްގެ ފަރާތުން ބަލީގެ އަލާމާތެއް ފެނިފައެއް ނުވޭ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ރާއްޖެއަށް މިއަދު އައި އެއްވެސް ފަތުރުވެރިއެއްގެ ފަރާތުން ކޮވިޑުގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށެވެ.
"ކޮވިޑުގެ އެއްވެސް އަލާމާތެއް ރާއްޖެ އައި އެއްވެސް ފަތުރުވެރިއެއްގެ ކިބައިން ފެނިފައެއް ނުވޭ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.
ރާއްޖެއަށް މިއަދު 212 މީހުން އައިސްފައިވާ އިރު، އޭގެ ތެރޭގައި 32 ގައުމެއްގެ 102 ފަތުރުވެރިން ވެސް ހިމެނެއެވެ.
ރާއްޖޭގެ ބޯޑަރުތައް މިއަދު ހުޅުވާލައި ރާއްޖެއަށް ފަތުރުވެރިން ގެންނަން ފަށާފައިވާ އިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އަދި ރާއްޖެއަށް ފަތުރުވެރިން އައުމުގައި އަމަލު ކުރަން ޖެހޭނެ ގައިޑްލައިނެއްވެސް ވަނީ އެކުލަވާލެވި އާންމުކުރެވިފައެވެ. އެގޮތުން ރާއްޖެ އަންނައިރު ހެލްތު ޑިިކްލަރޭޝަން ފޯމެއް ފުރަން ޖެހޭ އިރު، ބަލީގެ އެއްވެސް އަލާމާތެއް ހުރިތޯ ބެލުމަށް އެއާޕޯޓުގައި އެމީހަކު ސްކްރީން ކުރެވޭނެއެވެ.
ބަލީގެ އެއްވެސް އަލާމާތެއް ހުރެއްޖެނަމަ އަދި ބަލި ޖެހިފައިވާނަމަ ރާއްޖެ ދޫކޮށް ނުދެވޭނެ ކަމަށްވެސް އެ އުސޫލުގައިވެއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު