މާލޭ ޕޯޓް ބަދަލު ކުރުމަށްޓަކައި ބޮޑު ސަރަހައްދެއް ހިއްކަމުންދާ ގުޅިފަޅުން ގޯތި ދިނުމަށް، އެދި މާލޭ ސިޓީ ކައުންސިލުން ވަކާލާތު ކޮށްފައިވާ ކަމަށް މާލޭ ސީޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ޝިފާ މިއަދު ކުރެއްވި ޓުވީޓެއްއައި، ވިދާޅުވީ ފިތުނަ ފަސާދަ އުފެއްދުމަކީ، ބޮޑު ގޯހެއް ކަމަށެވެ.
ޝިފާ މިހެން ވިދާޅުވެފައިވަނީ، ގޯތި ދިނުގައި މައްސަލައިގައި ނުރުހުން ފާޅުކޮށް، މޭޔަރުކަމުގެ މަގާމުން ޝިފާ އިސްތިއުފާ ދެއްވުމަށް ސޯޝަލް މީޑިއާގައި ގޮވާލަމުން ދާ ފަރާތްތަކަށް ޖަވާބު ދެއްވަމުންނެވެ.
"ގުޅިފަޅުން ގޯތި ދިނުމަށް އެދި ކައުންސިލުން ވަނީ ވަކާލާތު ކޮށްފަ. ބަދުނާމު ކުރަން ނޫޅޭ. ފިތުނަ ފަސާދަ އުފެއްދުމަކީ، ބޮޑު ގޯހެއް،" ޝިފާގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.
ޝިފާ މިހެން ވިދާޅުވެފައިވާއިރު، ޝިފާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މާލޭ ސިޓީކައުންސިލަށް ވަނީ އެކައުންސިލްގެ މެންބަރަކު ހުށަހަޅުއްވައިފައެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލްގެ މެންބަރަކު ވިދާޅުވީ މޭޔަރު ކަމުގެ މަގާމުން ޝިފާ ވަކި ކުރުމުގެ މައްސަލަ އެޖެންޑާ ކޮށްދިނުމަށް އެދި ކައުންސިލްގެ އެހެން މެންބަރަކު ހުށަހަޅުއްވާފައިވާ ކަމަށެވެ. އެ މައްސަލަ އަންނަ އަންގާރަ ނޫނީ ބުދަ ދުވަހު ކައުންސިލް ބައްދަލުވުމަށް އެޖެންޑާ ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މޭޔަރުގެ އިތުރުން މާލޭ ސީޓިގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް، ވެސް ކައުންސިލް މެންބަރަކު ހުށަހަޅުއްވާފައިވާ ކަމަށެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގޯތި ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބާރު އަޅުއްވައިގެން ކުރިޔަށް ގެންދާ މަސައްކަތްތަކެއްގެ ދަށުން ގުޅިފަޅުން އަލަށް ހިއްކަމުން އަންނަ ސަރަހައްދުން މަދުވެގެން 6،000 ހައުސިން ޔުނިޓު އިމާރާތް ކުރެވޭ ވަރުގެ ބިމެއް ކަނޑައަޅަން، ސަރުކާރަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުން މިހާރު ވަނީ ފާސްކޮށްފައެވެ.
އެކަން ހިމަނައިގެން މަޖިލީހުން ފާސްކުރި ރިޕޯޓްގައި ވަނީ ގުޅިފަޅުން ހިއްކާ ބިމުގެ 15 ޕަސެންޓު ދިރިއުޅުމުގެ ބޭނުމަށް ދޫކުރާ ގޮތަށް ހަމަޖައްސަން ޖެހޭ ކަމަށެވެ.
ޝިފާ މުހައްމަދު
ޝިފާ މުހައްމަދު
ޝިފާ މުހައްމަދު