އޭނާގެ ކެމްޕެއިނަށް ހުރަސް އަޅައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހިންގާފައި ވަނީ ބޮޑު ޖަރީމާއެއް ކަމަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މާލޭ ދާއިރާގެ ރައީސް ކަމަށް ވާދަކުރައްވާ މާލޭ ސިޓީ ކައުންސިލުގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ހަރަކާތެއްގައި ޝިފާ ވާހަކަ ދައްކަވަނިކޮށް، ޖާބިރު ވަނީ ސްޓޭޖަށް އަރައި ޝިފާއަށް ތާއިދު ކުރައްވާ ކަމަށް ވިދާޅުވެ ތަރުހީބު ދެއްވައިފައެވެ. އަދި ފަހުން ޖާބިރު އެ ސްޓޭޖުގައި ވާހަކަވެސް ދެއްކެވިއެވެ.
އެކަމާ ގުޅިގެން ޝިފާ މިއަދު 'ވަން' އަށް ވިދާޅުވީ، އެ ހަރަކާތަކީ ވަކި ބަޔަކަށް ދައުވަތު ދެއްވައިގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށާއި ބަޔަކު މީހުން އެތަނަށް ޖާބިރު ފޮނުވާފައި ވަނީ މަސްލަހަތު ނަގާލުމަށް ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ އަޅުގަނޑުގެ ކެމްޕެއިން އިވެންޓަށް ހުރަސް އެޅުމުގެ ގޮތުން ހިންގި ބޮޑު ޖަރީމާއެއް،" ޝިފާ ވިދާޅުވިއެވެ.
އެތަނަށް ޖާބިރު ވަޑައިގަތް މަސްލަހަތު ނަގާލުމަށް މަސައްކަތް ކުރުމުން އިވެންޓު މެދުކަނޑާލުމަށްފަހު ފުލުހުންނަށް ރިޕޯޓް ކުރިކަން ފާހަގަކޮށް ޝިފާ ވިދާޅުވީ، ޖާބިރު ކޮށްފައި ވަނީ މަލާމާތާއި ފުރައްސާރަ ކަމަށެވެ. އަދި އެކަން ޝިފާ، ސިފަކޮށްފައި ވަނީ ސިޔާސީ މައިދާނުގައި އަންހެނުންނަށް ހުރި ފުރުސަތުތައް އިތުރަށް ހަނިކުރުމަށް ހިންގި އަމަލެއްގެ ގޮތުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު