ހދ. ނޮޅިވަރަމުން ޕޮޒިޓިވްވި މީހާއަކީ އައިޖީއެމްއެޗުން ސާޖަރީއެއް ހެދި މީހެއް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޒްލާ ވިދާޅުވީ ނޮޅިވަރަމުން ކޮވިޑަށް ޕޮޒިޓިވްވި މީހާއަކީ މާލެއަށް ބޭސްފަރުވާއަށް އައިސް އައިޖީއެމްއެޗްގައި ސާޖަރީ ހެދުމަށްފަހު ރަށަށް ދިޔަ މީހެއް ކަމަށެވެ.
"މި ފަރާތަކީ މާލެއަށް ސިއްހީ ފަރުވާއަށް ގެނެވި، އައިޖީއެމްއެޗްގައި 23 ޖޫންގައި ސާޖަރީއެއް ހަދާފައި އަދި 26 ޖޫންގައި ޑިސްޗާޖް ކުރެވިފައިވާ ފަރާތެއް،" ނަޒްލާ ވިދާޅުވިއެވެ.
ނަޒްލާ ވިދާޅުވީ އޭނާގެ ސާމްޕަލަކީ މަގުމަތިން ރެންޑަމްކޮށް ނެގި ސާމްޕަލެއް ކަމަށާއި އޭނާގެ ސާމްޕަލް ނަގާފައިވަނީ މިމަހުގެ ތިންވަނަ ދުވަހު ކަމަށެވެ. އަދި އޭނާ ރަށަށް ފޮނުވާފައިވަނީ ނަގަންޖެހޭ އުސޫލުގެ ތެރެއިން ހުއްދަ ނަގައިގެން ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ނަޒްލާ ވިދާޅުވީ ނަތީޖާ ލަސްވެގެންދިޔައީ ޓެސްޓުކުރެވޭ މިންވަރު މިދުވަސްވަރު މަދުވެފައިވާތީ ކަމަށާއި އެގޮތުން ނަތީޖާ ލިބުނީ މިއަދު ކަމަށެވެ. އަދި އޭނާއާ ގުޅުން ހުރި ފަސް މީހަކު ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށާއި މިހާރު އެ އެންމެން އައިސޮލޭޓް ކުރެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު