މޫސުމަށް އަންނަ ބަދަލާއެކު އުދަ އަރާ ބައެއް ރަށްރަށުގައި، ލޯޑަރު ބޭނުން ކޮށްގެން އުޅަނދު ފަހަރަށް މީހުން އަރުވަން ޖެހޭ ހިސާބަށް ކަންތައް ދެއެވެ.
މިއީ ބައެއް ރަށްރަށަށް އުދަ އަރަމުންދާ ދުވަސް ތަކަކަށްވާއިރު، އެ މައްސަލަ އެންމެ ބޮޑަށް ދިމާވާ، ގދ. ތިނަދޫގައިވެސް އެގޮތަށް ލޯޑަރު ބޭނުން ކޮށްގެން ވަނީ ފެރީތަކަށް މީހުން އަރުވަން ޖެހިފައެވެ.
އެ މައްސަލައިގައި އެދާއިރާގެ މެންބަރު، މެންބަރު އަބުދުﷲ ސަނީފު ވަނީ ތިނަދުއަށް އުދަ އަރައި ގެއްލުންވާ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނެސް އެކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފައެވެ. މި މައްސަލަޔަށް ބަހުސްކުރުމަށް ފާސްކޮށް ކުރިޔަށް ގެންދިޔަ ބަހުސްގައި، ގިނަ ރަށްތަކަކަށް އުދައަރައި ގެއްލުން ލިބެމުންދާ ބޮޑެތި މައްސަލަތަކެއް މެންބަރުން ވަނީ ވާހަގަ ކުރައްވައިފައެވެ.
އޭގެ ތެރެއިން މަޑަވެލި ހޯޑެއްދޫ ކޯޒްވޭގެ ސަބަބުން އެ ދެރަށަށް އުދަ އަރާ ކަމާއި، ތިނަދޫއަށް އުދަ އެރުމުގެ ސަބަބުންވެސް އެރަށް ފިޔަވައި އެންމެ ބޮޑު ގެއްލުމެއް ލިބެނި މަޑަވެލި ދާއިރާގެ ރައްޔިތުންނަށް ކަމަށް ވިދާޅުވެ އެ ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން ވެސް ވާހަކަ ދެއްކެވިއެވެ.
އޭނާ ވިދާޅުވީ، ދިޔަވަރު ބޮޑުވާ ހުޅަނގު މޫސުމުގައި ކޮންމެ ހަފުތާއަކު އެ ދެރަށުގެ ދެކޮޅުން އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމަށެވެ. ހަމަ އެގޮތަށް ނަޑެއްލާއަށްވެސް އުދައަރައި ބޮޑެތި ގެއްލުންތަކެއް ލިބޭކަމަށް އޭނާ ވިދާޅުވިއެވެ.
މެންބަރު ފިރުޝާން ވިދާޅުވީ، ތިނާދުއަށް އުދަ އެރުމުން އެރަށް ފިޔަވައި އެންމެ ގާތުން، އެދާއިރާގެ ރައްޔިތުންނަށް ގެއްލުން ލިބެނީ، ވިޔަފާރިއާއި އެހެނިހެން ކަންކަމުގައި، ދާއިރާގެ ރައްޔިތުން ގިނަ ދަތުރުތަކެއް ތިނަދުއަށް ކުރަން ޖެހޭތީ ކަމަށެވެ. އާދައިގެ ރަށްތަކަށާއި މީހުންގެ ތަކެއްޗަށް ލިބެމުންދާ ގެއްލުންތަކުގެ އިތުރުން ދަތުރުފަތުރު ކުރުމަށް ދިމާވާ އުނދަގޫތައްވެސް ފިރުޝާން ވިދާޅުވެ ދެއްވިއެވެ.
އެގޮތުން އެންމެ ފަހުން ދާއިރާގެ ރައްޔިތުން ދަތުރު ކުރުމަށް ބައެއް ރަށްރަށުން ފެރީއަށް މީހުން އެރުވީ ލޯޑަރުން ކަމަށް ފިރުޝާން ވިދާޅުވިއެވެ. އެކަމުގެ ސަބުން ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"އެންމެފަހުން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ފެރީއަށް މީހުން އަރުވަން ޖެހުނީ ލޯޑަރެއް ބޭނުން ކޮށްގެން އިއްޒަތްތެރި ރައީސް، އަޅުގަނޑުމެން ހަމަ އަސްލުވެސް ހަގީގަތުގައި ވެސް ކަންބޮޑުވާން ޖެހޭ ދަރަޖައެއްގައި އެކަން އެއޮތީ. އިއްޒަތްތެރި ރައީސް، އުމުރުން ދުވަސްވީ މީހުންނަށް ވަރަށް ދަތިވާނެ، ކުޑަކުދިންނަށް ހަމަ އެހާމެ ދަތިވާނެ، ކިހިނެއްތޯ ލޯޑަރެއް ބޭނުންކޮށްގެން ފެރީއަށް އަރާނީ އެކަމަކު އަޅުގަޑުމެންގެ ރައްޔިތުން މިއަދު އެތިބީ އެކަންވެސް ތަޖުރުބާ ކޮށްފައި،" މެންބަރު ފިރުޝާން ވިދާޅުވިއެވެ.
ފިރުޝާނުގެ އެވާހަކައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެކަންކަމުގައި އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތް ވިދާޅުވެ ދެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ކޮންމެ އަހަރަކުވެސް ދަތުރު ފަތުރު ނުކުރެވޭނެ ހަދުވާހައި 12 ދުވަހާ ދެމެދުގެ މުއްދަތެއް ރާއްޖެއަށް އަންނާނެ ކަމަށެވެ. ނަމަވެސް އެ މުއްދަތު، އެއް ބައްރަށް އޮންނަ ގައުމުތަކުގައި އިތުރުވާ ކަމަށާއި އެފަދަ ގައުމުތަކަށް އެފަދަ 18 ދުވަސް އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
"އާދައިގެ ގައުމެއްގައި އެއް ބައްރަށް އޮންނަ ގައުމެއްގައި އެ މުއްދަތު އެ އެބަވޭ ގާތްގަނޑަކަށް 18 ދުވަހަށް، މިސާލަކަށް ކެނެޑާގައި، އެމެރިކާގައި، އެއް ބައްރަށް އޮންނަ ގައުމެއްގައި. ރާއްޖޭގައި ކަނޑު އޮންނާތީ އަދި މިތަނަށް ސްނޯ ފައިބައިގެން މަގުތައް ނުބެދޭތީ މިތަނުގައި ގިނަ ފަހަރަށް ދަތުރު ކުރެވޭ، އަޅުގަނޑުމެނަށް މިލިބެނީ އަށް ދުވާހައި 12 ދުވަހާ ދެމެދުގެ މުއްދަތެއް ދަތުރު ނުކުރެވޭ. އެވްރެޖް ގޮތެއްގައި މި އާދެވެނީ، މޫސުން އެވަރަށް ގޯސްވާ އަށް ބާރަ ދުވަސް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ އެ 12 ދުވަހުގެ ތެރެއިން އަންނަ އެންމެ ރާޅަކަށް ބަލައިގެން ރަށްރަށުގެ ބަނދަރު ހަދަން ޖެހޭތޯ ސުވާލު އުފައްދަވައިފައެވެ. އެ ރާޅަކީ 10 އަހަރުން އެއް އަހަރު އަންނަ ރާޅަކަށްވެސް ވެދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ސުވާލަކީ އެ 12 ދުވަހުގެ ތެރެއިން އެއްދުވަހަށް އަންނަ ރާޅަކަށްތޯ ބަނދަރު ޑިޒައިން ކުރާނީ މި ރާޅު މިއަންނަނީ ކޮންމެ 10 އަހަރުން އެއް އަހަރު ކަމަށް ވެސް ވެދާނެ، އެހެން ޑިޒައިން ކޮށްފިއްޔާ އަޅުގަނޑަށް ފެންނަ ފެނުމުގައި މިސާލަކަށް، ތިނަދޫ ބޭރު ތޮށި ގަސްކަރަޔަށްވުރެ މައްޗަށް އަރާފައި ހުންނަން ޖެހޭނީ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ލީޑަރުން، މީހުން އަރުންވަން ޖެހޭ ނަމަ ބަލަން ޖެހެނީ، ލޯޑަރު ބޭނުންކުރާނެ ދުވަސް ދުވަހަކީ ކޮބައިތޯ އާއި އެ ދުވަސްތަކުގައި ލޯޑަރު ބޭނުންކުރާނީ ކިހިނެއްތޯ ކަމަށެވެ. އުދަ އަރައި ރަށުތެރެއަށް ފެން ވަންނަ ނަމަ، އުދަ އެރުން ހުއްޓުވުމުގެ ބަދަލުގައި ބަލަންޖެހޭނީ އެފެން ގެންގުޅޭނެ ގޮތަކީ ކޮބައިތޯ ކަމަށްވެސް ވިދާޅުވިއެވެ.
"ލޯޑަރު ބޭނުންކުރާނެ ދުވަސް ދުވަހަކީ ކޮބައިތޯ އަދި އެދުވަސްދުވަހު ލޯޑަރު ބޭނުންކުރާނީ ކިހިނެއްތޯ، މިވެނި ދުވަސްދުވަހެއްގައި ރަށުތެރެއަށް ފެން އަރާނެ ކަމާއި އެފެން ވައްދައިފަ އެފެން ގެންގުޅޭނެ ގޮތަކީ ކޮބައިތޯ. އަޅުގަނޑު ހިތުން އެއް ވިސްނުކަމަށް މި އަންނަނީ ފެން އެރުނަ ނުދިނުން. އަޅުގަނޑަށް ފެންނަ ފެނުމުގައި އެއީ ބުއްދިވެރި ކަމެއްނޫން ގުދުރަތީ ރޭވުން އެއަށްވުރެ މާ ވަރުގަދަ. އެފެން ރަށުތެރެއަށް ވެއްދޭނެ ގޮތަކާއި ވައްދައިގެން ގެންގޮސްގެން އުޅޭނެ ގޮތެއް ވިސްނަން މިޖެހެނީ،" މަޖިލިސް ރައީސް ވިދާޅުވިއެވެ
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް