ކޮވިޑުގެ އަލާމާތްތައް ހުންނަ ބައެއް މީހުން އޮފީހަށް ނުކުންނަ ކަމަށާއި އެހެން މީހުންނާ ބައްދަލުކުރާކަން ވެސް ފާހަގަކުރެވޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ބައެއް މީހުން އަލާމާތްތައް ހުންނަ އިރުވެސް ބޭރަށް ނުކުމެ މީހުންނާ ބައްދަލުކޮށްފައިވާ ކަމަށެވެ.
"ފެންނަ ބައެއް ކޭސަސް އެބަހުރި އަލާމާތްތައް ހުރެ ވަރަށް ގިނަ ދުވަސްވެފައި. ތިން ދުވަސް، ހަތަރު ދުވަސްވެފައި އަދި ވަޒީފާއަށް ވެސް ނުކުންނަވާފައި. ނޫނީ ބޭރަށް ވެސް ނުކުންނަވައި މީހުންނާ އިންޓަރެކްޓް ވެސް ކުރެވިފައި،" އޭނާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ އަލާމާތްތައް ހުންނަ މީހުން އެކަމަށް ފިޔަވަޅެއް ނާޅައިފި ނަމަ، އެހެން މީހުން ނުރައްކަލަކަށް ހުށަހެޅޭނެ ކަމަށާއި އެކަމުގެ ސަބަބުން އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ.
ސަރުކާރު އޮފީސްތަކާއި ޕްރައިވެޓް އޮފީސްތައް ވެސް މިހާރު ހުޅުވާފައިވާ އިރު، އަލާމާތްތައް ހުންނަ މީހުން ވަޒީފާއަށް ނުނުކުތުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި ސިއްހީ ހިދުމަތްތެރިން ވެސް އަންނަނީ ލަފާދެމުންނެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު