މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން 15 ޕަސެންޓް އާއިލާއަކީ ފަގީރުންގެ މިންގަނޑަށް ފެތޭ އާއިލާތައް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ހައުސިންގް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ރާއްޖޭގައި ކަނޑައަޅާފައި އޮންނަ މިންގަނޑުން ނަމަ ބޮލަކަށް ދުވާލަކަށް 74 ރުފިޔާ ނުލިބޭ ނަމަ އެއީ ފަގީރެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިފަދައިން ބޮލަކަށް ދުވާލެއްގެ މައްޗަށް 74 ރުފިޔާ ނުޖެހޭ %15 އާއިލާއެއް މާލޭގައި ދިރިއުޅޭ ކަމަށެވެ. އެއީ މާލޭގައި ދިރިއުޅެން އެކަށީގެން ނުވާ ވަރުގެ ކުދި ތަންތަނުގައި ދިރިއުޅޭ 21،000 އާއިލާގެ ތެރެއިން 3152 އާއިލާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި 3152 އައިލާ އަކީ ކައުންސިލް ހައުސިން އަށް ވަންނަން ޖެހޭ އާއިލާ ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ކައުންސިލް ހައުސިން އަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ރައްޔިތުން މަގުމަތިވިޔަ ނުދިނުމަށް ވަންނަ ފުރާޅެއް ކަމަށް މިނިސްޓަރު ސިފަ ކުރެއްވިއެވެ.
"ކައުންސިލް ހައުސިންނަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް މީހުން މަގުމަތިވިޔަ ނުދިނުމަށްޓަކައި، ހޯމްލެސް ވިޔަ ނުދިނުމަށް ވަންނަންދާ ފުރާޅެއް. އޭގެ 3152 އާއިލާ މާލޭގައި އެބަ އުޅޭ. މި 3152 އައިލާއަށް މާބޮޑު އެއްޗެއް ނުދެއްކޭނެ. ބައެއް ފަރާތްތަކަށް އެއްވެސް އެއްޗެއް ނުދެއްކޭނެ. މިއީ އާއިލާގެ ޖުމުލަ އާމްދަނީ 13،000 ނުވަތަ 14،000 ލިބޭ އާއިލާތައް." މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން އަމިއްލަޔަށް ފައިސާ ދައްކައިގެން އުޅެވޭނެ ފުއްދުންތެރިކަމެއް ހުރީ %24 އާއިލާތަކަށް ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ. މެދު ފަންތީގެ އުޅެނީ %33 އާއިލާތައް ކަމަށާއި، ތަނަވަސް އާއިލާގެ ގޮތުގައި ބެލެވޭ %18 އާއިލާ ހިމެނޭ ކަމަށްވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު