މެދުރާއްޖެތެރޭގެ ރަށެއްގެ ކައުންސިލަރަކު 16 އަހަރުގެ ފިރިހެން ކުއްޖަކަށް އެއްޖިންސުން ގުޅުން ހިންގަން އުޅުނު މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ، ފުލުހުންގެ ސައުތު ސެންޓްރަލް ޕޮލިސް ޑިވިސަން (ތ،ލ އަތޮޅު) ގައި ހިމެނޭ ރަށެއްގައި ޒިންމާދާރު މަގާމެއްގައި ހުރި މީހަކު 16 އަހަރުގެ ފިރިހެން ކުއްޖަކާ މެދު ބަދުއަހުލާގީ އަމަލު ހިންގަން އުޅުނު މައްސަލައެއް މިއަދު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

"ވަން" އަށް މައުލޫމާތުދެމުން އެ ރަށުގެ މީހަކު ބުނީ، ތުހުމަތުކުރެވޭ ކައުންސިލަރަކީ ކުޑަކުދިންނާ އެއްޖިންސުން ގުޅުން ހިންގުމާއި އަދި އަންހެން ކުދިންނަށް ޖިންސީ ފުރައްސާރައިގެ މެސެޖް ކުރުމުގެ އެތައް މައްސަލައެއްގެ ތުހުމަތު މީގެ ކުރިން ވެސް ކުރެވިފައިވާ ކައުންސިލަރެއް ކަމަށެވެ.