މިދިޔަ ދައުރުގައި އަންހެން ލީގު ނުބޭވި ދިއުމަކީ އެންމެ ހިތާމަ ކުރާ އެއްކަންތައް ކަމަށާއި، ނަމަވެސް އަންނަ އަހަރު އަންހެން ލީގެއް ބާއްވާނެ ކަމަށް ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީޖް ވިދާޅުވެއްޖެއެވެ.
މިދިޔަ ދައުރުގައި ބޭއްވުމަށް އިއުލާނު ކުރި އަންހެން ފުޓުބޯޅަ ލީގު ނުބޭއްވި ދައުރު ނިމުމާއި ގުޅިގެން "ވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ބައްސާމް ވިދާޅުވީ ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި އެފްއޭއެމް އިން އެންމެ އިސްކަމެއް ދޭނެ އެއްކަމަކީ އަންހެން ލީގެއް ބޭއްވުން ކަމަށެވެ. އަދި އެންމެ ލަސްވެގެން އަންނަ އަހަރު އަންހެން ލީގު ބޭއްވިގެންދާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.
"އަޅުގަނޑުގެ މި ނުމުނު ދައުރުގައި އަޅުގަނޑު ހިތާމަ ކުރާ ކަމަކީ އަންހެން ލީގެއް ނުބޭއްވުނުކަން. އެހެން ހުރިހާ އޭރިއާއެއް އަޅުގަނޑަށް ހީވަނީ ފޯކަސް ކޮށް ވަރަށް ރަނގަޅަށް ކުރެވިފަހެން ހުރީ" ބައްސާމް ވިދާޅުވިއެވެ.
ބައްސާމް ވިދާޅުވީ ނިމުނު ދައުރުގައި އަންހެން ލީގު ނުބޭއްވި މަޑު ޖެހިގެން ދިޔައީ ދިމާވި ބައެއް ކަންތައްތަކާ ހެދި ނިންމަން ޖެހޭ ބައެއްކަން ކަން ނުނިމުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް ކުރިޔަށް އޮތް ހަތަރު އަހަރު ކޮންމެ ސީޒަނެއްގައި އަންހެން ލީގެއް ބާއްވާނެ ކަމަށެވެ.
ލީގު ބޭއްވުމަށް ބޭނުންވާ ވަސީލަތްތައްވެސް ހަމަޖެހިފައިވާ ކަމަށް ބައްސާމް ވިދާޅުވިއެވެ. މީގެ ކުރިން އަންހެން މުބާރާތެއް ބޭއްވުމަށް އިއުލާނު ކުރިއެވެ. ބައެއް ޓީމުތަކުން އެ މުބާރާތަށް ތައްޔާރުވީތަންވެސް ފެނިގެން ދިޔައެވެ. ނަމަވެސް ފަހުން އެ މުބާރާތް ވަނީ ވަކި މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު