ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގައި މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު ލެނީ ޔޯރޯއަށް ދެއްކި ރަތް ކާޑު މައާފުކޯށްދޭން ނިންމައިފިއެވެ.
އިނގިރޭސި ފުޓުބޯޅަ އެސޯސިއޭޝަނަށް ޔުނައިޓެޑުން ހުށަހެޅި މައްސަލަ ބެލުމަށްފަހު، އެސޯސިއޭޝަނުން ނިންމާފައި ވަނީ މެޗުގައި ޔޯރޯއަށް ދެއްކި ރަތް ކާޑު ގޯސް ކަމަށެވެ. އަދި އެ މައްސަލައިގައި މިނިވަން ކޮމިޝަނަކުން އެ ރަތް ކާޑު ގޯސްވި ސަަބަބުތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެ ކަމަށްވެސް އެސޯސިއޭޝަނުން ބުނެފައިވެއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑާއި ލިވަޕޫލް އެންމެފަހުން ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ. އެމެޗުގެ އަށްވަނަ މިނެޓުގައި ޔޯރޯއަށް ރަތް ކާޑު ދެއްކީ ޕެނަލްޓީ އޭރިއާ ބޭރުން، އެކަނި ކަހަލަ ގޮތަކަށް އޮވެ އެލެކްސެންޑާ އިސާކަށް ކުރި ފައުލަކަަށެވެ. އެއީ ގޯލް ޖަހަން ލިބުނު ފުރުސަތެއް ހުއްޓުވުމުންނެވެ.
އެ ރަތް ކާޑާއެކު ލިބުނު ހިލޭ ޖެހުމުގައި ޑޮމިނިކް ޝޮބޮސްލާއީ ގޯލް ޖަހައިދިން އިރު، މެޗަށްފަހު ޔުނައިޓެޑްގެ އާ ކޯޗު މައުރީޝިއޯ ޕޮޗެޓީނޯ ވަނީ އެއީ ރަތް ކާޑެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށް ބުނެފައެވެ. ޕޮޗެޓީނޯ ފާހަގަކުރީ އެ ބޯޅައާއެކު ކުރިއަށް ދިޔަ އިރު އިސާކަށް ބޯޅައިގެ ކޮންޓްރޯލް ގެއްލިފައިވާ ކަމަށާއި، އެ ހާލަތަކީ މުޅި މެޗު ބަދަލުވެގެން ދިޔަ ހާލަތެއް ކަމަށެވެ.
ކޮމެންޓް