އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތަށް އެކުއްޖާގެ ދޮންބައްޕަ ހައްޔަރުކޮށްފިއެވެ.

އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު އެކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވަނީ އިއްޔެއެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު ޖެންޑާ މިނިސްޓްރީގެ ސީއެފްޕީސީ ޕްރޮސީޖާގެ ތެރެއިން ވެސް އެ މައްސަލަ އަންނަނީ ބަލަމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ، އެ މައްސަލައިގައި ކޯޓް އަމުރެއްގެ ދަށުން 57 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ތުހުމަތުކުރެވޭ ދޮންބައްޕައެވެ.

ކުއްޖާ ނިސްބަތްވާ ރަށާއި އެހެނިހެން މައުލޫމާތުތައް ވަން އަށް ކަށަވަރުވެފައިވީ ނަމަވެސް އެ މައުލޫމާތު މި ހަބަރުގައި ހިމަނާފައި ނުވަނީ އެ ކުއްޖާގެ ކަރާމާތަށްޓަކައެވެ.