ބ. ބޮޑުފިނޮޅުގައި ތިބި މުސާރަ ނުލިބޭ ބިދޭސީން ލައްވައި ވަޒީފާ އަދާކުރުވާ ފަރާތާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅަން އެހީވާނެ ކަމަށް ޕަބްލިކް އިންޓަރެސްޓް ލޯ ފާމް (ޕީއައިއެލްސީ)ގެ ރައީސާ މަރިޔަމް ޝުނާނާ ވިދާޅުވެއްޖެއެވެ.
ބޮޑުފިނޮޅުގައި ތިބި ބިދޭސީން އިހުތިޖާޖު ކުރަން ފަށާފައިވަނީ މުސާރަ ނުދޭތާ މަސްތަކެއް ވުމުންނެވެ. އެ އިހުތިޖާޖުގެ ތެރެއިން 12 ދިވެހިން ވަނީ ރަހީނު ކޮށްފައެވެ. ނަމަވެސް ފުލުހުން މިއަދު ހިންގި އޮޕަރޭޝަނެއްގައި އެމީހުން ސަލާމަތްކޮށް، ރަށް ވަނީ ފުލުހުންގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފައެވެ.
އެ މައްސަލައާ ގުޅިގެން ޝުނާނާ ރޭ ވިޑާޅުވީ އޭނާގެ ލޯޔަރުންގެ ޓީމުން ބޮޑުފިނޮޅަށް ގޮސް، އެތަނުގައި ތިބި މުވައްޒަފުންނާ ވާހަކަދައްކައި، އެމީހުން ލައްވާ ވަޒީފާ އަދާކުރުވާ ފަރާތާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅަން ގާނޫނީ ލަފާ ފޯރުކޮށްދޭނެ ކަމަށެވެ.
ނަމަވެސް މިވަގުތު ބޮޑުފިނޮޅަށް އެރުން ރައްކާތެރި ނޫން ކަމަށް ފުލުހުންގެ އިސް އޮފިޝަލަކު އަންގާފައިވާތީ ރަށަށް ދިއުމުގެ ހުއްދަ ލިބިފައި ނުވާ ކަމަށް ޝުނާނާ ވިދާޅުވިއެވެ.
ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރަމުން އަންނަނީ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ކުންފުނިންނެވެ. އޭނާއަކީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރެވެ. ރިޒާ ވިދާޅުވީ، ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުން އަންނަ މީހުންގެ ހަތަރު މަސް ދުވަހުގެ މުސާރަ ކޮވިޑް-19 އާ ގުޅިގެން ނުދެވިފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު