ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) މަސައްކަތްތައް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ދަށަށް ބަދަލުވިޔަސް ހުރިހާ ކަމެއް މިހާރެކޭ އެއްގޮތަށް ބަލަމުންދާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އެޗްއީއޯސީގެ މައިގަނޑު މަސައްކަތެއްގެ ގޮތުގައިވީ މިކަމަށްޓަކައި ވާންޖެހޭ ބޮޑެތި ތައްޔާރީތަކާއި ސަރުކާރުގެ އެކިއެކި ތަންތަން ގުޅިގެން ކުރަންޖެހޭ މުހިންމު މަސައްކަތްތައް ކޮށް ކޮވިޑްގެ ހާލަތު ސްޓޭބަލް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން ކަމަށެވެ.
ނެޝަނަލް އޮޕަރޭޝަނެއްގެ ގޮތުގައި އޮތް އޮތުން ހެލްތު އެމަޖެންސީ އޮޕަރޭޝަނަށް މި ބަދަލުވީ އެ އަމާޒަށް ވާސިލުވެ އެ ނަތީޖާ ހާސިލްވެވުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ހެލްތު އެމަޖެންސީ އޮޕަރޭޝަނަށް ބަދަލުވިކަމުގައިވި ކަމުގައިވީ ނަމަވެސް އަޅުގަނޑުމެން މި ފަރުވާއާ ގުޅިގެން ކުރަންޖެހޭ ހުރިހާ ކަމެއް އޭގެ ގޮތުގައި ބަރާބަރަށް ކުރިއަށްދާނެ. އޭގެ ތެރޭގައި އާރްއާރްޓީގެ ގޮތުގައި ސާމްޕަލް ނެގުމާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްވެސް ކުރިއަށްދާނެ. އަދި ފަރުވާގެ ކަންކަން ހުރި އިންތިޒާމުގެ ތެރެއިން ކުރިއަށްދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
ހުރިހާ މަސައްކަތްތަކެއްވެސް ކުރިއަށް ގެންދިޔައީ ރައީސްގެ އިރުޝާދުގެ ދަށުން ކަމަށާއި ހުރިހާ މަސައްކަތެއް ކުރެވިގެންދިޔައީ ވަރަށް ގިނަ އިދާރާތަކާ ގުޅިގެން ކަމަށެވެ.
"އަޅުގަނޑުމެން މިހާ ހިސާބަށް އާދެވުނީ އެކަހަލަ އިންތިޒާމުތައް ހަމަޖެހިފައި މިހުރީ. އިންތިޒާމުތަކުގެ މަތީގައި އަޅުގަނޑުމެންނަށް މިހާރު މިއޮތް ހާލަތުގައި ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލު ކުރެވެނީ. ހަމައެއާއެކީގައި އެޗްއީއޯސީ ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުވެގެންދާއިރުވެސް، މިހާރުވެސް އެހެން އެޖެންސީތަކުގެ ދައުރު ހަމަ އެކަށީގެންވާ ގޮތެއްގައި އޮންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
ހާލަތު ގޯސްނުވާނަމަ އެޗްޕީއޭގެ ޕްރޮގްރާމަކަށް މިކަން ބަދަލުވެ، ޕްރޮގްރާމެއްގެ ގޮތުގައި ކުރިއަށް ގެންދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު