އެންމެ އުނދަގޫވަނީ ކޮވިޑުގައި މީހަކު ނިޔާވި ހަބަރު ލިބުމުން ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
އެންއީއޯސީގައި މިރޭ ބޭއްވި އެ ސެންޓަރުގެ ވަދާއީ ނޫސްވެރިންގެ ބައްދަލުވުމުގައި "ވަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މަބްރޫކް ވިދާޅުވީ، އެންމެ އުނދަގޫވަނީ ކޮވިޑުގައި މީހަކު ނިޔާވި ހަބަރު ލިބުމުން ކަމަށާއި އެވާހަކަތައް ދައްކަންވެސް އަދި އަޑުއަހަންވެސް އުނދަގޫ ކަމަށެވެ.
"އަޅުގަނޑަށް އެންމެ އުނދަގޫވާ ދުވަސްތަކަކީ މައުލޫމާތު ހޯދަންވެސް އަދި އެ މައުލޫމާތު ޑެލިވާކުރަންވެސް، މިބަލީގައި ނުވަ މީހަކު ނިޔާވެ ހިނގައްޖެ. ދެން އެއިން ކޮންމެ ފަހަރަކު އެއީ ހިތަށް ބަރުކަން ލިބޭ ފަދަ ވަގުތެއް. އެވާހަކަ ދައްކަންވެސް، އެވާހަކައާ ބެހޭ މައުލޫމާތު ހޯދަންވެސް އަޑުއަހަންވެސް އުނދަގޫ. އެހެންކަމުން އެއީ އަޅުގަނޑަށް އެންމެ އުނދަގޫވި ވަގުތުތަކަކީ،" މަބްރޫކް ވިދާޅުވިއެވެ،
މަބްރޫކް ވިދާޅުވީ، އެންމެ ބޮޑު އަމާޒަކަށްވީ ރައްޔިތުންނަށް ހާމަކަން ބޮޑު ގޮތެއްގައި ކޮވިިޑުގެ މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނެއްގެ ގޮތުގައި މަބްރޫކް ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުރަތަމަ ބައިވެރިވެވަޑައިގެންނެވީ މާޗު މަހުގެ ހަތްވަނަ ދުވަހުއެވެ. އެ ދުވަހަށް ފަހު މިރެއާ ހަމައަށް އެންއީއޯސީން ވަނީ 163 ނޫސްވެރިންގެ ބައްދަލުވުން ބާއްވައިފައެވެ. އޭގެ ތެރެއިން 111 ނޫސްވެރިންގެ ބައްދަލުވުމެއްގައި މަބްރޫކް ބައިވެރިވެވަޑައިގެންނެވިއެވެ.
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅުވީ، ކޮވިޑުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ރައްޔިތުންނާ ދެމެދު އެޅުނު އެންމެ ވަރުގަދަ ފާލަމަކީ މަބްރޫކް ކަމަށާއި ރާއްޖޭގެ ތާރީހުން މަބްރޫކް ޖާގަ ހޯއްދަވައިފި ކަމަށެވެ.
އެންއީއޯސީގެ މަސައްކަތްތައް މިއަދަށް ނިމި އެ ސެންޓަރު ވަނީ ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު