މިމަހުގެ 15ގައި މާލޭ ސަރަހައްދުގެ ގެސްޓްހައުސްތައް ޓްރާންސިޓް މޫވްމަންޓްތަކަށް ބޭނުންކުރުމަށް ހުއްދަ ދެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައ ބުނީ، މިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމާ ގުޅޭ މަސައްކަތްތަކުގެ ތެރެއިން ޝާއިއުކުރެވިފައިވާ "ގައިޑްލައިން ފޯ ރީސްޓާޓިން ޓޫރިޒަމް އިން މޯލްޑިވްސް"ގެ ސެކްޝަން ޑީ2 ގައި ބަޔާންކޮށްފައިވާ ފަދައިން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކާއި ހޮޓާތައްވެސް މިމަހުގެ 15ގައި ޓްރާންސިޓް މޫވްމަންޓްތަކަށް ބޭނުންކުރުމަށް މިނިސްޓްރީގެ ހުއްދައާއެކު ހުޅުވޭނެ ގޮތަށް ހަމަޖައްސާފައިވާތީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ގެސްޓްހައުސްތައް ޓްރާންސިޓް މޫވްމަންޓްތަކަށް ބޭނުންކުރުމަށް ހުއްދަ ދެވޭނެ ކަމަށެވެ.
ނަމަވެސް އެ ތަންތަނުންވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މިންގަނޑުތަކާއި ޓޫރިޒަމް މިނިސްޓްރީގެ މިންގަނޑުތަކަށް އަމަލު ކުރުމަކީ މުހިންމު ކަމެއް ކަމަށް އެމިނިސްޓްރީން ބުނެއެވެ.
ކޮވިޑުގެ ސަބަބުން ރާއްޖޭގެ ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތައް ބަންދުކޮށްފައިވަނީ މާޗު މަހުގެ ތެރޭގައެވެ. ގެސްޓްހައުސްތައް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހުޅުވުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު