މާދަމާ އިން ފެށިގެން ޓީމް ކުޅިވަރުތައް ކުރިއަށްގެންދިއުމުގެ ހުއްދަ ވެސް ދީފިއެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ ކުޅިވަރު ކުޅުމަށް މާލެ ސަރަހައްދު މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ. އެގޮތުން ޓީމް ސްޕޯޓް ކުޅުމަށްވެސް ހުއްދަ ދީފައިވާ ކަމަށެވެ.
އެހެން ނަމަވެސް ސަމާލުވާން ޖެހޭ ކަންކަމާއި ގުޅޭ ގައިޑްލައިނެއް ޔޫތް މިނިސްޓްރީން ވަރަށް އަވަހަށް ނެރޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ކުޅިވަރު ކުރުމަށް މިއޮތީ ހަމަ މާލެ ސަރަހައްދުވެސް ހުޅުވާލެވިފައި. ޓީމް ސްޕޯޓްސް ކުޅުމަށް މިވަނީ ހުއްދަ ލިބިފައި. އެހެން ނަމަވެސް ޔޫތު މިނިސްޓްރީން މިކަމާ ގުޅޭ ޓައިމްލައިނެއް ނެރުއްވާނެ ސަމާލުވާން ޖެހޭ ކަންކަމަކީ ކޮބައިކަން،" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ކުޑަކުދިންނަށް ހިންގާ ސްޕޯޓްސް އެކަޑަމީތަކުގައި 12 އަހަރުން ދަށުގެ ކުދިން ބައިވެރިކޮށްގެން ހަރަކާތްތައް ހިންގުން އަދި މަނާވާނެ ކަމަށާއި ނަމަވެސް 12 އަހަރުން ދަށުގެ ކުދިންނަށް ބޭރަށް ކުޅެން ގޮސް އުޅެވޭނެ ކަމަށެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު