ކެފޭ ރެސްޓޯރަންޓްތަކުގައި ހިދުމަތްދެވޭނީ ހެނދުނު 9:00 އިން ރޭގަނޑު 10:00އަށް ކަމަށާއި އެތަންތަނުގައި މާސްކު އަޅަން ޖެހޭނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އިން ބުނެފިއެވެ.
އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ކެފޭ އަދި ރެސްޓޯރެންޓްތަކުގައި ޑައިން ކުރެވޭ ގޮތަށް މިހާރު ހުއްދަ ދެވިފައިވާ ކަމަށެވެ. އެގޮތުން ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް ކެފޭތަކުގެ އެތެރޭގައި ތިބެގެން ކެއިންބުއިމުގެ ހިދުމަތް ދެވޭނެ ކަމަށެވެ.
"ކެފޭތަކުގެ ތެރޭގައި ތިބެގެން ރެސްޓޯރެންޓްތަކުގެ ތެރޭގައި ތިބެގެން ހިދުމަތް ހޯދުމަށްވެސް މިވަނީ ހުޅުވާލެވިފައި. ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް،" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ޑެލިވަރީގެ ހިދުމަތްތައް 11:00އާ ހަމައަށް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި ފިހާރަތަކަށް ވަދެ ވިޔަފާރި ކުރެވޭނީވެސް ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ސައިހޮޓާތަކާއި ކެފޭ އަދި ރެސްޓޯރަންޓްތަކުގެ ހިދުމަތްދޭއިރު މާސް އަޅަން މަޖުބޫރު ވާނެ ކަމަށާއި ހިދުމަތް ހޯދާ ފަރާތްތަކުންވެސް މާސް އަޅަންޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ އެޗްޕީއޭއިން އަންގާފައިވާ ގަވައިދުތަކާ އެއްގޮތަށް ހުރިހާ ފަރާތްތަކުންވެސް އަމަލު ކުރަން އެދޭ ކަމަށެވެ.
ސައިހޮޓާތަކާއި ކެފޭ އަދި ރެސްޓޯރަންޓްތަކުގެ ތެރެއަށް ވަދެވޭނެ މީހުންގެ އަދަދު ފެންނަ ގޮތަށް ދޮރުމަތީގައި ބަހައްޓަން ޖެހޭނެއެވެ. ތިން ފޫޓުގެ ގައިދުރުކަން ހިފެހެއްޓޭ މިންވަރަށް މީހުންނަށް ތިބެވޭގޮތަށް އެތަންތަނުގެ އެތެރޭގެ އިންތިޒާމު ހަމަޖައްސަން ޖެހޭނެއެވެ.
މާދަމާއިން ފެށިގެން ކެފޭ އަދި ރެސްޓޯރެންޓްތައް ހުޅުވާލާއިރު، އެފަދަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާ ކަމެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ކަނޑައަޅައިފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު