މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން ކްލަބު ލެޖެންޑް މައިކަލް ކެރިކް ވަކިކޮށްފިއެވެ.
އިތުބާރު ނޫސްތަކުން ބުނެފައި ވަނީ ޔުނައިޓެޑުން ނިންމުން ނިންމާފައި ވަނީ މިދިޔަ 48 ގަޑިއިރު ތެރޭގައި މަޝްވަރާތައް ކުރުމަށްފަހުއެވެ. އެ މަޝްވަރާތައް ކޮށްފައި ވަނީ ކްލަބު ވެރިޔާ ސާ ޖިމް ރެޓްކްލިފް، ކްލަބުގެ އިސް ފަރާތްތައް ކަމަސްވާ އޮމަރް ބެރާދާ އާއި ޖޭސަން ވިލްކޮކްސްއާއެކު ފްރާންސްގެ މޮނާކޯގައި ކަމަށްވެސް ނޫސްތައް ބުނެއެވެ.
މިދިޔަ ސީޒަނުގެ ތެރެއިން މިއަހަރު ޖެނުއަރީ މަހު ކެރިކް ފުރަތަމަ ހަވާލުވީ ޔުނައިޓެޑްގެ ވަގުތީ ކޯޗުކަމާއެވެ. މިދިޔަ ސީޒަނުގެ ފަހު ބައިގައި ޔުނައިޓެޑުން ކުޅުނު 17 މެޗުގެ ތެރެއިން 12 މެޗުން މޮޅުވެ، ތިން މެޗުން އެއްވަރުކުރި އިރު، އެޓީމުން ބަލިވީ އެންމެ ދެ މެޗުންނެވެ. ކެރިކާއެކު ހޯދި އެ ނަތީޖާތަކާއެކު ޔުނައިޓެޑުން މިދިޔަ ސީޒަނުގެ ލީގު ނިންމާލީ ތިންވަނައިގައެވެ.
ކެރިކްގެ އެ މަސައްކަތާއެކު ޔުނައިޓެޑުން ނިންމީ މި ސީޒަނަށް އޭނާއަށް ދެ އަހަރު ދުވަހުގެ އެއްބަސްވުމެއް ދޭށެވެ. އެހެން ނަމަވެސް މިސީޒަން ފެށިގެން މިހާތަނަށް އައި އިރު ޔުނައިޓެޑް ފެނުނީ ދަށް ފޯމެއްގައެވެ.
މުޅި ސީޒަނުގައި ކުޅުނު 15 މެޗުން އެޓީމަށް މޮޅުވެވުނީ އެންމެ ތިން މެޗުންނެވެ. ލީގުގައި ކުލުނު 10 މެޗުގެ ތެރެއިން މޮޅު ވެވުނީ އެންމެ މެޗަކުންނެވެ. ހަތަރު މެޗުން ބަލިވެ، ފަސް މެޗުން އެއްވަރުވެފައި އޮތް ޔުނައިޓެޑް މިވަގުތު އޮތީ 18 ވަނައިގައެވެ. އެއީ ރެލިގޭޝަން ޒޯންގައެވެ.
ކެރިކް ވަކިކުރަން ޔުނައިޓެޑުން ނިންމާފައިވާ އިރު، ކޯޗުކަން ދެން ހަވާލުކުރުން އެންމެ ގާތީ މިހާރު އެމެރިކާގައި ހުރި މައުރީޝިއޯ ޕޮޗެޓީނޯއާ ކަމަށް ނޫސްތައް ބުނެއެވެ. އަދި ޕޮޗެޓީނޯ އެކަމަށް ޝައުގުވެރިވެ، ޔުނައިޓެޑްގެ ހުށަހެޅުން ބަލައިގަންނާނެ ކަމަށްވެސް ނޫސްތައް ބުނެއެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
ކޮމެންޓް