މާދަމާ ބަންގްލަދޭޝްގެ ޑާކާގައި ފަށައި ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕް 2026 އަށް ރާއްޖޭގެ ސްކޮޑު ފައިނަލްކޮށް، މިއަދު ފުރައިފިއެވެ.
މިހާތަނަށް ބަންގްލަދޭޝްއަށް ނުދާ ހަމައެކަނި ޓީމަކީ ރާއްޖެއެވެ. ރާއްޖޭގެ ފުރަތަމަ މެޗު މިމަހުގެ އަށްވަނަ ދުވަހު އޮންނަ އިރު، ރާއްޖޭ ޓީމުން ބަންގްލަދޭޝްއަށް ދާނީ މާދަމާއެވެ. އެއީ ސްރީ ލަންކާ މަގުންނެވެ.
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ދާދިފަހުން ޓީމުން އިންޑޮނޭޝިއާގައި ކުޑަ ދުވަސްކޮޅަކަށް ކޭމްޕް ކޮށްފައިވާ އިރު، އިންޑޮނޭޝިއާގައި ވާދަވެރި ދެމެޗުވެސް ކުޅެފައިވެއެވެ. އިންޑޮނޭޝިއާއަށް ދިޔަ ސްކޮޑުގައި ހިމެނެނީ 23 ކުޅުންތެރިންނެވެ. އޭގެ ތެރެއިން މުޅިން އަލަށް ޓީމުގައި ހިމެނުނީ ބުރު ސްޕޯޓްސް ކްލަބުގެ ކެޕްޓަން ހަމްދާނެވެ. ފައިނަލް ސްކޮޑުން ކޯޗު އިސްތަވާން އުރުބާނީ ވަނީ ހަމްދާނަށް ފުރުސަތު ދީފައެވެ.
ހަމްދާންގެ އިތުރުން އޮޑި ސްޕޯޓްސް ކްލަބްގެ އަހުމަދު އައިހަމް (އައިހު)، މުޒްދާން ހަސަން، މުހައްމަދު އަޝްވާން އަދި އަހުޒަމް ރަޝީދު (އަހު)، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) އާއި ނައްސާހު އިބްރާހިމް ނާސިރު، ވިކްޓަރީ ސްޕޯޓްސް ކްލަބްގެ އަހުމަދު މާއިޝް ރަޝީދު (މާއި)، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ އީތަން އިބްރާހިމް ޒަކީ، މުހައްމަދު ނާއިމް، ޓީސީ ސްޕޯޓްސް ކްލަބްގެ ހަސަން އީނާޒަށްވެސް މިއީ ފުރަތަމަ ސާފް ޗެމްޕިއަންޝިޕެވެ.
ޓްރެއިނިން ކޭމްޕްގައި ބައިވެރިވި ކުޅުންތެރިންގެ ތެރެއިން ފައިނަލް ސްކޮުޑުން ޖާގަ ގެއްލުނީ ތޯއިފް ގާސިމް (ތޯއްޕެ) އަށެވެ. ރާއްޖޭގެ މާޒިޔާ ފޯވަޑް މުހައްމަދު އިލާން އިމްރާނަށް އަނިޔާގެ ސަބަބުން ޕްރިލިމިނަރީ ސްކޮޑުން ޖާގަ ގެއްލުނު އިރު، އޭނާ ފައިނަލް ސްކޮޑުގައިވެސް ނުހިމެނެއެވެ. އޭގެ އިތުރުން ޑިފެންޑަރު ހައިޝަމް ހަސަން (ބިޑި)ވެސް އަނިޔާގެ ސަބަބުން ސްކޮޑުގައި ނުހިމެނެއެވެ.
ރާއްޖޭން މީގެ ކުރިން ދެ ފަހަރު ސާފް ޗެމްޕިއަންޝިޕް ހޯދާފައިވެއެވެ. އެއީ 2008 އަދި 2018 ގައެވެ.
ސާފްގެ ފައިނަލް ސްކޮޑު
- ސަމޫހު އަލީ (ސަމުއްޓެ)
- ހުސައިން ޝަރީފް/ ގޯލްކީޕަރު
- އިބްރާހީމް އައިސަމް
- އަހުމަދު މާއިޝް ރަޝީދު
- އަބްދުﷲ ލޫތު އިބްރާހީމް (ސާނޭ)
- އިބްރާހީމް ވަހީދު ހަސަން (އިއްބެ)
- އަލީ ހަމްދާން
- އަލީ ފާސިރު (ސެންޓޭ)
- އަހުމަދު އައިހަމް (ފަތޯ)
- ހުސައިން ޝިފާއު ޔޫސުފް (ކްރޯ)
- ހަސަން އީނާޒް
- ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ)
- މުހައްމަދު އަޝްވާން/ ގޯލްކީޕަރު
- އަމްދާން އަލީ (އެންޑީ)
- އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ)
- އަހުމަދު އައިހަމް (އައިހު)
- މުޒްދާން ހަސަން
- ނައްސާހް އިބްރާހީމް ނާސިރު
- އަހްޒަމް ރަޝީދު
- މުހައްމަދު ނާއިމް
- އީތަން އިބްރާހީމް ޒަކީ
- މުހައްމަދު ޝަފީއު (ޗެކް)
- ނާއިޒް ހަސަން (ދާދު)
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ކޮމެންޓް