ސާފް ޗެމްޕިއަންޝިޕް 2026 ގެ ފެއާ ޕްލޭ އެވޯޑު ރާއްޖެއަށް ލިބިއްޖެއެވެ.
މިފަހަރު ސާފް ޗެމްޕިއަންޝިޕް ބަންގްލަދޭޝްގެ ޑާކާގައި ކުރިއަށް ދާއިރު، މިރޭ ކުޅުނު ފައިނަލުގައި އިންޑިއާއިން ތަށި ނެގީ ޕާކިސްތާން ކައިރިން 2-1 އިން މޮޅުވެގެންނެވެ. އެމެޗަށްފަހު ނިންމުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވާ އިރު، ރާއްޖެއަށް ވަނީ ފެއާ ޕްލޭ އެވޯޑު އަރުވައިފައެވެ.
މިފަހަރު ސާފް ޗެމްޕިއަންޝިޕަކީ ރާއްޖެއަށް ދަށް މުބާރާތެކެވެ. ގޯލެއް ނުޖެހި ގްރޫޕް ސްޓޭޖުން ކަޓައިގެން ދިޔައީ ދެމެޗުން ބަލިވެގެންނެވެ. ފުރަތަމަ ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭން 3-0 އިން ބަލިވެފައިވާ އިރު، ދެވަނަ މެޗުގައި ރާއްޖޭން އިންޑިއާ ކައިރިން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. ރާއްޖޭން 2023 ވަނަ އަހަރުވެސް ސާފްގެ ގްރޫޕް ސްޓޭޖުން ކަޓައިގެން ގޮސްފައިވާ އިރު، މިއީ ޖެހިޖެހިގެން ގްރޫޕް ސްޓޭޖުން ކެޓި ދެވަނަ ފަހަރެވެ.
ރާއްޖޭން މީގެ ކުރިން ވަނީ ދެ ފަހަރު މުބާރާތް ކާމިޔާބު ކޮށްފައެވެ. އެއީ 2008 ވަނަ އަހަރާއި 2018 ވަނަ އަހަރުއެވެ.
ކޮމެންޓް