ކްލަބް ވެމްކޯއިން ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ތަށި އުފުލައިފިއެވެ.
މި ފަހަރުގެ ގައުމީ ލީގުގެ ޗެމްޕިއަންކަމާއި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ވެމްކޯއިން ހޯދާފައިވާ އިރު، ރޭ ގައުމީ މުބާރާތުގެ ތަށި ހޯދީ ކްލަބު އެމްޓީސީސީ ބަލިކޮށްގެންނެވެ. އެއީ ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެގެންނެވެ. ރޭގެ ފައިނަލުގައި ވެމްކޯ އިން ވަނީ 3-1 ސެޓުން މެޗު ކާމިޔާބު ކޮށްފައެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގަައި ރޭ ކުޅުނު މެޗުގައި ވެމްކޯ އިން ފުރަތަމަ ދެ ސެޓު 25-22، 25-16 އިން ގެންގޮސް މެޗު ރަނގަޅަށް ފެށިއެވެ. އެހެން ނަމަވެސް ތިންވަނަ ސެޓުގައި އެމްޓީސީސީން ހިތްވަރު ދައްކައި، 24-26 އިން ސެޓު ގެންދިއެވެ. އެހެން ނަމަވެސް ވެމްކޯއިން ވަނީ ހަތަރު ވަނަ ސެޓު، 25-15 އިން ގެންގޮސް، ތަށި ޔަގީން ކޮށްފައެވެ.
ގައުމީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންނަކީ ވެމްކޯގެ ޖޫޒާން ޒަރީރާއި ނަރީމާ އިދުރީސް (ނަންނި)ގެ އިތުރުން، އެމްޓީސީސީގެ މާޔާ ހުސެއިން ސޮލާހެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިންގެ މަގާމު އެމްޓީސީސީގެ ޑޭވިސް ޓޯމް ފެނާންޑާއާއި ވެމްކޯގެ ވަރަންޏާ ސްރިލައޫން އަދި ކުތިކާ ކައެވްޕިންއަށް ލިބިފައިވާ އިރު، އެންމެ އުންމީީދީ ކުޅުންތެރިއަކަަށް ހޮވުނީ އެމްޓީސީސީގެ އައިމިނަތު ފަރާހަތެވެ.
މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ވެމްކޯގެ އަހުމަދު އަދީލް (ބޭބެ) އެވެ.
ގައުމީ މުބާރާތުގެ ތިން ވަނަ އަށް ދިޔައީ ހުރާ ކޮމިއުނިޓީ ކްލަބެވެ. އަދި، ހަތަރު ވަނަ ހޯދީ ޕޮލިސް ކްލަބެވެ.
ވޮލީ ބޯލް
ވޮލީ ބޯލް
ވޮލީ ބޯލް
ވޮލީ ބޯލް
ކޮމެންޓް