ހުޅުމާލޭ އެމްޕީއެލް ޓަވަރެއް ތެރޭ މަސްތުގެ ހާލަތުގައި ހުރެ ތަކެއްޗަށް ގެއްލުންދިން މައްސަލައިގައި ބިދޭސީ ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި ހުޅުމާލޭ ފޭސް ދޭއް، އެމްޕީއެލް ޓަވަރެއްގައި، ނިވާކަން ކުޑަ ހެދުމެއްގައި މަސްތުގެ ހާލަތުގައި ތިބެ، އަޑުގަދަކޮށް ހަމަނުޖެހުން ހިންގައި، ތަކެއްޗަށް ގެއްލުން ދިން މައްސަލައެއް ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން، ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ ދެ ފިރިހެނުން މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް