ދިރުވާލައިގެން ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅުނު ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ކަސްޓަމްސްއިން މިއަދު ބުނީ، އެ މީހުން ހައްޔަރުކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހު، ކަމަށެވެ.
ކަސްޓަމްސްއިން ބުނީ އެ ތަކެތި އަތުލައިގެންފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެ މީހުންގެ އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވިގެން އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެެވެ.
ކަސްޓަމްސްއިން ބުނި ގޮތުގައި އެ މީހުންގެ ހަށިގަނޑުން 142 ބުލެޓު (1183.8 ގްރާމް) ގެ މަސްތުވާތަކެތި ފެނިފައިވެއެވެ. އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 51.6 ގްރާމް މޯފިން އާއި 424 ގްރާމް ކޮކެއިންގެ އިތުރުން 708.2 ގްރާމް ހެރޮއިންނެވެ.
އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮޮށްފައި ކަމަށްވެސް ކަސްޓަމްސްއިން ބުންޏެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ،
އަލީ ޔާމިން
މަސްތުވާތަކެތި އެތެރެކުރުން
މަސްތުވާތަކެތި އެތެރެކުރުން
މަސްތުވާތަކެތި އެތެރެކުރުން
ކޮމެންޓް