ކުރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން މިއަދު ބުނީ މިދިޔަ ހޯމަ ދުވަހު ކޫރިއާ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައި ފާސްކުރަމުން ދިޔަ އިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

އެގޮތުން އެ ޕެކޭޖްގެ ތެރެއިން 3600 ގްރާމްގެ ކެނެބިސް ފެނިފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ޖުމްލަ 508 އޮޕަރޭޝަނެއް ވަނީ ހިންގައިފައެވެ.

އެގޮތުން މި އޮޕަރޭޝަންތަކުގައި ޖުމްލަ 1،327 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ އިރު، އެތަކެތީގެ މަގުމަތީ އަގު 1.4 ބިލިއަން ރުފިޔާއަށް އަރައެވެ. މީގެ އިތުރުން 16،852 ބަނގުރާ ފުޅި ވެސް ވަނީ އަތުލައިގެންފައެވެ.