ޕޯޗުގަލް ޓީމު ތެރޭގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި ކްރިސްޓިއާނޯ ރޮނާލްޑޯއާވެސް އެއްވެސް ކުޅުންތެރިއަކާ މައްސަލައެއް ނޫޅޭ ކަމަށް މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭޒް ބުނެފިއެވެ.
ކެޕްޓަން އަދި ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާއި ގައުމީ ޓީމުގެ ކޯޗު، ޖޯޖް ޖީސަސްއާ ދެމެދު ޖެހުނު މައްސަލައެއްގައި ކުއްލިއަކަށް ސްކޮޑު ދޫކޮށްލާފައި ވަނީ މިދިޔަ ހަފުތާ ތެރޭގައެވެ.
ގައުމީ ޓީމު ދޫކޮށްލުމަށްފަހު ރޮނާލްޑޯގެ ރަސްމީ ސޯޝަލް މީޑިއާގައި ބުނީ ކޯޗުގެ ޕްރެސްއާ ގުޅިގެންނާއި ޕޯޗުގަލް ފެޑަރޭޝަނުގެ ރައީސާ ދެއްކި ވާހަކަތަކަށްފަހު ގައުމީ ޓީމުގެ ކޭމްޕް ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ޕޯޗުގަލްގެ ރައްޔިތުންނަށް އެކަމުގެ ހަގީގަތް ހާމަކުރާނެ ކަމަށާއި އަބަދުވެސް ގައުމީ ޓީމަށް 100 ޕަސެންޓް ދީފައިވާނެ ކަމަށް ރޮނާލްޑޯ ބުންޏެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯ ގައުމީ ޓީމު ދޫކޮށްލި އިރު، ބައެއް ކުޅުންތެރިންނާވެސް މައްސަލަތަކެއް އޮތް ކަމަށް މީޑިއާތައް ބުންޏެވެ. އެހެން ނަމަވެސް އެކަން ފެނާނޭޒް ވަނީ ދޮގު ކޮށްފައެވެ.
"އަހަރެން ރޮނާލްޑޯއާ ވާހަކަ ދެއްކިން. ރޮނާލްޑޯއާ އަހަރެން ދެއްކި ވާހަކަ ސީދަލަށް ކިޔައިދޭނަން. އަހަރެން ބުނިން ކޮންމެ ކަމެއް ގޮތަކަށް ވިޔަސް، ރޮނާލްޑޯއަކީ ގައުމީ ޓީމުގެ އެންމެ ބޮޑު ރަމްޒު ކަމަށް. އަދި އެއީ ފުޓުބޯޅައިގެ އިތުރުންވެސް މި ގައުމާއި މުޅި ފުޓުބޯޅައިގެވެސް އެންމެ ވަރުގަދަ އައިކަން. އެހެން އަހަރެން ބުނިން،" ފެނާންޑޭޒް ނޫސްވެރިންނަށް ބުންޏެވެ.
ފެނާންޑޭޒް ބުނީ ރޮނާލްޑޯއަކީ މުޅި ދުނިޔޭގެ ލޯބި ލިބިފައިވާ ކުޅުންތެރިއެއް ކަމަށާއި، ރޮނާލްޑޯއޭ ކިޔައިގެން އިތުރު ވާހަކަތައް ނުފަތުރުން މުހިއްމު ކަމަށެވެ. އަދި ގައުމީ ޓީމުގައި އެއްވެސް ބައިބައިވުމެއް ނެތް ކަމަށާއި، ބޭރުން ދައްކާ އެއްވެސް ވާހަކައަކުން އެކަން ބަދަލެއް ނުވާނެ ކަމަށްވެސް ފެނާންޑޭޒް ބުންޏެވެ.
އުމުރުން 32 އަހަރުގެ މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ފެނާންޑޭޒް ބުނީ ހުރިހާ ކުޅުންތެރިންވެސް އެދެނީ ރޮނާލްޑޯގެ މައްސަލަ ގައުމީ ޓީމާއި އޭނާއަށްވެސް ރަނގަޅު ގޮތަކަށް ނިމުމަށް ކަމަށެވެ.
ޕޯޗުގަލް
ޕޯޗުގަލް
ޕޯޗުގަލް
ޕޯޗުގަލް
ކޮމެންޓް