ގައުމީ ފުޓުބޯޅަ ޓީމުން ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކްގައި ކުޅޭ މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗަށް ދިޔުމަށް މިއަދު ޗައިނާއަށް ފުރައިފިއެވެ.
ގައުމީ ފުޓުބޯޅަ ޓީމުން ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކްގައި ތިން މެޗެއް ކުޅެން ވަނީ ރާވައިފައެވެ. އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި އޮންނަ ސާފް ޗެމްޕިއަންޝިޕަށްވެސް ތައްޔާރުވަމުންދާ ގައުމީ ޓީމުން މިފަހަރުގެ އިންޓަނޭޝަނަލް ބްރޭކްގައި ކުޅޭ ފުރަތަމަ މެޗުގައި ޗައިނާއާ ދެކޮޅަށް ނުކުންނާނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. އެއީ ޗައިނާގެ ޗޮންގިންގައެވެ. އޭގެފަހުން ޓީމުން ދެން ފުރާނީ ކިރިގިސްތާނުގެ ވެރިރަށް ބިޝްކެކަށެވެ.
އެގައުމުގައި ދެ މެޗު ކުޅޭނެއެވެ. އެއީ މިމަހުގެ 28 ވަނަ ދުވަހު ކިރިގިސްތާނާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން އަންނަ މަހު އެއްވަނަ ދުވަހު ބިޝްކެކްގައި ލުބުނާނާ ދެކޮޅަށް ކުޅޭ މެޗެވެ.
މިފަހަރު ގައުމީ ސްކޮޑު އިއުލާނުކުރި އިރު، ބައެއް ކުޅުންތެރިން އަމިއްލަ ބައެއް ކަންކަމާހެދި ޓީމާއެކު ދަތުރުނުކުރާކަން ކޯޗު އިސްތަވާން އުރުބާނީ ވަނީ ކުރިން ފާހަގަކޮށްފައެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޓެކްނިކަލް ޑިރެކްޓަރުކަންވެސް ކުރަމުން އަންނަ އުރުބާނީ ބުނީ ނާއިޒް ހަސަން (ދާދު)ވެސް އަމިއްލަކަމެއްގައި މަޑުކޮށްފައިވުމުގެ އިތުރުން ބައެއް އިތުރު ކަންކަމުގައިވެސް ކުޅުންތެރިންނަށް މަޑުކުރި ކަމަށެވެ. އެގޮތުން ނާޝިއު އަހުމަދު ޝިހާމާއި އީތަން އިބްރާހީމް ޒަކީގެ ޓެސްޓް އޮތުމުން އެ ކުޅުންތެރިންނަށްވެސް ޓީމާއެކު ދެވިފައި ނުވާ އިރު، މުހައްމަދު އިލާން އިމްރާން ހުރީ އަނިޔާގައެވެ. އަދި ހަމްޒާ މުހައްމަދު (ހަމްޕު)ވެސް ހުރީ އަނިޔާގައެވެ. އޭނާއަށް ސާފްވެސް ގެއްލޭނެއެވެ.
މިފަހަރު ސްކޮޑުން ކީޕަރު މުހައްމަދު ފައިސަލްއާއި އަލީ އަޝްފާގު (ދަގަނޑޭ)ވެސް ނުހިމެނެއެވެ. ކުރިން ގައުމީ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުގައި ހިމެނުނު ކީޕަރު، އޮޑި ސްޕޯޓްސް ކްލަބުގެ މުހައްމަދު އަޝްވާން މިފަހަރު ފައިނަލް ސްކޮޑުގައި ހިމެނިފައިވެއެވެ. އޭނާ ކުރިން ފައިނަލް ސްކޮޑަށް ނޭރީ އަނިޔާވެގެންނެވެ.
އޭގެ އިތުރުން ވިކްޓްރީ ސްޕޯޓްސް ކްލަބުގެ އަހުމަދު މާއިޝް ރަޝީދު (މާއި)އާއި އަހުމަދު ނޫމާން (ހެލްމެޓް) ވެސް އަލުން ސްކޮޑަށް ނަގާފައިވާ އިރު، ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ)ވެސް ވަނީ އަލުން ސްކޮޑަށް ނަގައިފައެވެ. މުޅިން އަލަށް ނެގި އަނެއް ކުޅުންތެރިޔަކީ ބުރު ސްޕޯޓްސް ކްލަބުގެ އަރީން އަބްދުﷲ އިބްރާހީމެވެ.
އެކުވެރިކަމުގެ މެޗުތަކަށް ނެގި ސްކޮޑު
- ހުސައިން ޝަރީފް، ގޯލްކީޕަރު / މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
- މުހައްމަދު އަޝްވާން، ގޯލްކީޕަރު / އޮޑި ސްޕޯޓްސް ކްލަބު
- މުހައްމަދު ޔާމީން، ގޯލްކީޕަރު / ވިކްޓްރީ ސްޕޯޓްސް ކްލަބު
- ސަމޫހު އަލީ (ސަމުއްޓެ) / މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
- އިބްރާހީމް އައިސަމް / މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
- ހައިޝަމް ހަސަން (ބިޑި) / މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
- އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) / މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
- އަބްދުﷲ ލޫތު އިބްރާހީމް (ސާނޭ) / މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
- އިބްރާހީމް ވަހީދު ހަސަން (އިއްބެ) / އޮޑި ސްޕޯޓްސް ކްލަބު
- ތޯއިފް ގާސިމް / ބުރު ސްޕޯޓްސް ކްލަބު
- އަލީ ފާސިރު (ސެންޓޭ) / ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު
- އަހުމަދު އައިހަމް (ފަތޯ) / މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
- ހުސައިން ޝިފާއު ޔޫސުފް (ކްރޯ) / ވިކްޓްރީ ސްޕޯޓްސް ކްލަބު
- ހަސަން އީނާޒް / ޓީސީ ސްޕޯޓްސް ކްލަބު
- ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) / މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
- އަމްދާން އަލީ (އެންޑީ) / ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު
- އަރީން އަބްދުﷲ އިބްރާހީމް / ބުރު ސްޕޯޓްސް ކްލަބު
- އަހުމަދު އައިހަމް (އައިހު) / އޮޑި ސްޕޯޓްސް ކްލަބު
- މުޒްދާން ހަސަން / އޮޑި ސްޕޯޓްސް ކްލަބު
- ނައްސާހް އިބްރާހީމް ނަސީރު / މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
- އަހުޒަމް ރަޝީދު (އަހު) / އޮޑި ސްޕޯޓްސް ކްލަބު
- އަހުމަދު ނޫމާން (ހެލްމެޓް) / އޮޑި ސްޕޯޓްސް ކްލަބު
- އަހުމަދު މާއިޝް ރަޝީދު / ވިކްޓްރީ ސްޕޯޓްސް ކްލަބު
މުޙައްމަދު ޝަމްޢޫން
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ކޮމެންޓް