އުމުރުން 41 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ، އަނެއްކާވެސް ޕޯޗުގަލް ސްކޮޑަށް ނަގައިފިއެވެ.
މި ސީޒަނަށްފަހު ފުޓުބޯޅަ ހުއްޓާލާނެކަމަށް އިއުލާނުކޮށްފައިވާ ރޮނާލްޑޯ، މިދިޔަ ވޯލްޑް ކަޕަށްފަހު ގައުމީ ޓީމަށް ހުއްޓާލާނެ ކަމަށް ބެލެވުނެވެ. އެހެން ނަމަވެސް އެކަން އިއުލާނުކޮށްފައި ނުވާ އިރު، ނޭޝަންސް ލީގު މެޗުތަކަށް އާ ކޯޗު ޖޯޖް ޖީސަސް ނެގި 25 ކުޅުންތެރިންގެ ސްކޮޑުގައި ރޮނާލްޑޯގެ ނަން ހިމަނާފައިވެއެވެ.
ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ރޮނާލްޑޯ މިދިޔަ ވޯލްޑް ކަޕް ތެރެއިން ބުނެފައި ވަނީ ވޯލްޑް ކަޕަކީ އޭނާ ޕޯޗުގަލްއާއެކު ކުޅޭނެ ފަހު ވޯލްޑް ކަޕް ކަމަށެވެ.
ރޮނާލްޑޯ ގައުމީ ޓީމަށް ނެގުމާ ގުޅޭގޮތުން ކޯޗު ޖޯޖް ބުނީ ސްކޮޑަށް ނެގީ ހޯދާފައިވާ ކާމިޔާބީތަކަށް ބަލައިގެން ނޫން ކަމަށާއި، މިހާރު ހުރި ފޯމަށް ބަލައިގެން ކަމަށެވެ. ކުރިން އަލް ނަސްރުގައި ރޮނާލްޑޯއާއެކު މަސައްކަތް ކުރި ޖޯޖް ބުނީ އެކިއެކި ފަހަރުމަތިން އޭނާއާއެކު މަސައްކަތް ކޮށްފައިވާ 13 ކުޅުންތެރިން ސްކޮޑުގައި އެބަތިބި ކަމަށާއި، ރޮނާލްޑޯ ސްކޮޑަށް ނެގުމުގައި އޮތް ގާތްކަމަށްވެސް ނުބަލާ ކަމަށެވެ.
ޖޯޖް ބުނީ ރޮނާލްޑޯ އަތުގައި ފަސް ބެލޮންޑިއޯ އޮތުމަކީ ކޮންމެހެން އޭނާއަށް ހާއްސަކަން ދޭނެ ސަބަބެއް ނޫން ކަމަށެވެ.
ޕޯޗުގަލްއިން ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކްގައި ވޭލްސް، ނޯވޭގެ އިތުރުން ޑެންމާކާ ދެކޮޅަށް ކުޅޭނެއެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކޮމެންޓް