ޕީއެންސީގެ އެންމެ މަތީ ގުނަން ކަމަށްވާ އެ ޕާޓީގެ ބޮޑު ކޮންގްރެސް މިއަދު ފަށައި، މިރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ.
ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ މެދުގައި އޮންނަ ގުޅުމުގެ ތެރެއިން މިފަދަ ބޮޑެތި އިވެންޓްތަކަށް އެހެން ޕާޓީތަކަށް ދައުވަތު ދިނުމުގެ ސަގާފަތުގެ ދަށުން ބޭއްވި މި ޖަލްސާގައި، ނަޝީދުގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާއި އަދާލަތު ޕާޓީގެ އިސް ލީޑަރުން ވެސް ވަނީ މެހެމާނުންގެ ގޮތުގައި ބައިވެރިވެވަޑައިގެންފައެވެ.
މިއަންނަ ހުކުރު ދުވަހުގެ ނިޔަލަށް ސޯޝަލް ސެންޓަރުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ކޮންގްރެސްގައި ބައިވެރިވުމަށްޓަކައި، ރާއްޖޭގެ އެކި ރަށްރަށުން ޕީއެންސީ ތަމްސީލުކުރައްވާ ކައުންސިލުތަކުގެ ރައީސުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާއިންގެ އިތުރުން ގިނަ އަދަދެއްގެ މަންދޫބުން ވަނީ މާލެއަށް އައިސްފައެވެ.
މިއީ ޕީއެންސީގެ ކުރިމަގުގެ ސިޔާސަތުތަކާއި ޕާޓީ ހިންގުމުގެ މުހިންމު ނިންމުންތައް ނިންމުމަށް ބާއްވާ އެންމެ ބޮޑު ސިޔާސީ އެއްވުމެވެ.
މުހައްމަދު އިޝާން
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ކޮމެންޓް