ސިނަމާލެ ބުރިޖުގައި އެކްސިޑެންޓެއް ހިނގައި އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
ފުލުހުން މިއަދު ބުނީ ބުރިޖުގައި މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅިން ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކަހާލައިގެން ވެއްޓި އިތުރު ސައިކަލަކާއި ކާރެއްގައި ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ ރޭ 7:20 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި ޖުމުލަ ތިން މީހަކަށް އަނިޔާވެފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ އެއް ސައިކަލުގައި ތިބި ދެ މީހުންނާއި އަނެއް ސައިކަލުގައި އިން މީހާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އަނިޔާވީ މީހުންގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުންދާ ކަމަށާއި އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ފުރިހަމަ ތަފްސީލެއް ދީފައެއް ނުވެއެވެ.
ފުލުހުން މި މައްސަލަ ތަހުގީގުކުރަމުންދާ އިރު، ބުރިޖުގައި ރޭ ވަނީ އިތުރު އެކްސިޑެންޓެއް ވެސް ހިނގައިފައެވެ. ކާރަކާއި ސައިކަލެއް ޖެހި ރޭ 7:01 ހާއިރު ހިނގި އެ އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހާއަށް އަނިޔާވީ ނަމަވެސް، އޭނާއަށް ސީރިއަސް އަނިޔާއެއް ވެފައިނުވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
ކޮމެންޓް