ސިނަމާލެ ބުރިޖާ ގުޅިފައިވާ ހައިވޭގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި، ސިނަމާލެ ބްރިޖުގެ ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅީގައި މި އެކްސިޑެންޓު ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 11:33 ހާއިރުއެވެ. މި އެކްސިޑެންޓުގައި އެކި ވަރުގެ އަނިޔާތައް ލިބިފައިވަނީ ދެ އަންހެނުންނާއި ދެ ފިރިހެނުންނަށް ކަމަށްވެސް ފުލުހުން ބުންޏެވެ.
އެކްސިޑެންޓުގައި އަނިޔާވި ހަތަރު މީހުންވެސް ފަރުވާދިނުމަށް އައިޖީއެމްއެޗަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ. އަދި ހޮސްޕިޓަލަށް ގެންދިއުމަށް ފަހު އޭގެ ތެރެއިން ދެ މީހަކު ދޫކޮށްލާފައިވާ ކަމަށާއި މިވަގުތު ހޮސްޕިޓަލުގައި ތިބީ އިތުރު ފަރުވާ ބޭނުންވާ ދެ މީހުން ކަމަށްވެސް ފުލުހުން ބުންޏެވެ. ނަމަވެސް އެ މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.
މި އެކްސިޑެންޓާ ގުޅޭ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
މާލެ ސަރަހައްދާއި ބުރިޖު ހައިވޭގައި ހިނގާ މަގުމަތީގެ އެކްސިޑެންޓުތަކަކީ ފުލުހުންނަށް އެންމެ ގިނައިން ރިޕޯޓުކުރާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި މާލެއާއި ސިނަމާލެ ބުރިޖު އަދި ހައިވޭ ހިމެނޭ ސަރަހައްދުގައި މަގުމަތީގެ 1،355 އެކްސިޑެންޓު ވަނީ ރިޕޯޓުކޮށްފައެވެ. އެއީ ދުވާލެއްގެ އެވްރެޖަށް ބަލާއިރު 7.49 އެކްސިޑެންޓެވެ.
މީގެ އިތުރުން، މި އަހަރު އަހަރު ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 2،582 މައްސަލައަކީ މަގުމަތީގެ އެކްސިޑެންޓުތަކާ ގުޅޭ މައްސަލަތައް ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެއީ ރިޕޯޓުކުރި ޖުމުލަ މައްސަލަތަކުގެ 23.9 ޕަސަންޓެވެ.
ބްރިޖު ހައިވޭގައި ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންނަށް އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނި ނަމަވެސް، އެ މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ. މި އެކްސިޑެންޓާ ގުޅޭ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
އަލީ ޔާމިން
ކޮމެންޓް