ސައިކަލެއް ކޮންޓްރޯލުނުވެ ފިހާރައެއްގެ ބިއްލޫރިގަނޑުގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުންގެ މީޑިއާއިން މިއަދު މައުލޫމާތުދިން ގޮތުގައި މާލޭ ސަބުދެރިޔާމަގުގައި ދެ ސައިކަލު ޖެހުމުގެ ސަބަބުން އެއް ސައިކަލު ކޮންޓްރޯލުނުވެ ގޮސް ފިހާރައެއްގެ ބިއްލޫރިގަނޑުގައި ޖެހި ވަނީ އެކްސިޑެންޓުވެފައެވެ.
މި އެކްސިޑެންޓުގައި ސައިކަލުގައި އިން މީހާއަށް އަނިޔާވެފައިވާ ކަމަށާއި އެމީހާއަށް މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެމީހާއަށް ލިބުނު އަނިޔާގެ ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓާ ގުޅޭ އިތުރު ތަފްސީލު ފަހުން ހާމަކުރާނެ ކަމަށެވެ.
ކޮމެންޓް