ކުރިއަށް އޮތް ފީފާ އިންޓަނޭޝަނަލް ބްރޭކްގައި ޗައިނާއާ ދެކޮޅަށްވެސް މެޗެއް ކުޅެން ރާއްޖޭން މަސައްކަތް ކުރާ ކަމަށް އިތުބާރުހުރި ފަރާތަކުން މައުލޫމާތު ލިބިއްޖެއެވެ.
ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކްގައި ދެމެޗެއް ކުޅެން މިހާރުވެސް ރާއްޖޭން ރަސްމީކޮށް އިއުލާނު ކޮށްފައިވެއެވެ. އެއީ ލުބުނާންގެ އިތުރުން ކިރިގިސްތާނާ ދެކޮޅަށެވެ. ރާއްޖޭން ކިރްގިސްތާނާ ދެކޮޅަށް ކުޅޭނީ މިމަހު 28 ވަނަ ދުވަހުއެވެ. އަދި، އަނެއް މެޗުގައި ލުބުނާނާ ދެކޮޅަށް ރާއްޖޭން ނުކުންނާނީ އަންނަ އޮކްޓޯބަރު މަހުގެ އެއްވަަނަ ދުވަހުއެވެ. އެ ދެމެޗުވެސް ކުޅެން ނިންމާފައި ވަނީ ކިރިގިސްތާނުގެ ބިޝްކެކްގައެވެ.
"ވަން ސްޕޯޓްސް"އަށް އެނގިފައިވާ ގޮތުގައި ޗައިނާގައި އެގައުމާ ދެކޮޅަށް މެޗެއް ކުޅެވޭތޯ ރާއްޖޭގެ ފުޓުބޯޅަ އިދާރާ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެފްއޭއެމްއިން އެގައުމަށް ދައުވަތު ދިން ނަމަވެސް، އަދި އެކަން ޔަގީންވެފައި ނުވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ކުރިއަށް އޮތީ ބޮޑު އިންޓަނޭޝަނަލް ބްރޭކެކެވެ. އެއީ 21 ސެޕްޓެމްބަރުން އޮކްޓޯބަރު ހަވަނަ ދުވަހަށް އަންނަ އިންޓަނޭޝަލް ބްރޭކެކެވެ. ކޮންމެ ގައުމަކަށްވެސް ހަތަރު މެޗު ކުޅުމަށް ފީފާއިން ފުރުސަތު ދީފައި ވަނީ އާންމުކޮށް އޮކްޓޯބަރު މަހު އަންނަ އިންޓަނޭޝަނަލް ބްރޭކާއި ސެޕްޓެމްބަރު ބްރޭކް އެއްކޮށްލާފައި އޮތުމުންނެވެ. މީގެ ކުރިން އާންމުކޮށް ފީފާ އިންޓަނޭޝަނަލް ބްރޭކްތައް ތާވަލުކޮށްފައި ވަނީ މާޗު، ޖޫން، ސެޕްޓެމްބަރުގެ އިތުރުން އޮކްޓޯބަރާއި ނޮވެމްބަރަށެވެ. އޭރު ފަސް ބްރޭކް ދިން ނަމަވެސް މިފަހަރު އޮކްޓޯބަރު މަހު ބްރޭކާއެކު ސެޕްޓެމްބަރު މަހު ބްރޭކަށް ފީފާއިން ވަނި 16 ދުވަސް ހަމަޖައްސައިފައެވެ.
އެގޮތަށް ހަމަޖައްސަން ފީފާއިން ނިންމާފައި ވަނީ މިފަހަރުގެ ވޯލްޑް ކަޕް ދިގުލައިގެން ގޮސް، ޖުލައި 19 ވަނަ ދުވަހު ފައިނަލް ކުޅެން ޖެހުމާއެކު، އެކަމުގެ ސަބަބުން ގައިމީ ޓީމުތަކާއި ކުޅުންތެރިންނަށް ދިމާވެދާނެ އުނދަގޫތަކަށް ވިސްނާފައެވެ. މިއީ 1966 ވަނަ އަހަރަށްފަހު ސީޒަނާ އެންމެ ކައިރިން ނިމުނު ވޯލްޑް ކަޕެވެ.
ރާއްޖޭގެ ކޯޗުކަމާ އަލުން އިސްތަވާން އުރުބާނީ ހަވާލުވިފަހުން މިހާތަނަށް ކުޅެފައި ވަނީ ޑައިމަންޑް ޖުބިލީ މުބާރާތުގައެވެ. ސީނިއާ ޓީމުން އެ މުބާރާތް ނިންމާލީ އަފްގާނިސްތާނާއި ޕާކިސްތާން ކައިރިން ބަލިވެ، ބަންގްލަދޭޝްގެ އޮލިމްޕިކް ޓީމު އަތުން އެއްވަރުވެގެންނެވެ. އެ މާޔޫސްކަން ހަނދާން ނައްތާލަން އެކުވެރިކަމުގެ މެޗުތައް މުހިއްމުވެފައި އޮތް އިރު، ރާއްޖެއަށް ދެން އެންމެ އަވަހަށް އޮތް ބޮޑު މުބާރާތަކީ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި އޮންނަ ސާފް ޗެމްޕިއަންޝިޕެވެ.
މުޙައްމަދު ޝަމްޢޫން
ފީފާ ފްރެންޑްލީސް
ފީފާ ފްރެންޑްލީސް
ފީފާ ފްރެންޑްލީސް
ފީފާ ފްރެންޑްލީސް
ކޮމެންޓް