ރާއްޖެއަށް 17 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ، ފިޔާތޮށިވިލާ (މިހާރު ދިރިއުޅޭ އެޑްރެސް، މާލެ، ގ. ބްލޫވިންގް) އަޒުހަދު ނަސީމް (29އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރުމުގެ ކުށުގެ ތުހުމަތުގައެވެ.
ފުލުހުން ވަނީ އޭނާ ހައްޔަރުކުރުމަށްފަހު ބަންދާއިމެދު ގޮތެއް ނިންމުމަށް ކުރިމިނަލް މިއަދު ކޯޓަށް ހާޒިރުކޮށްފައެވެ. ކޯޓު އަމުރުގައިވާ ގޮތުން އަޒުހަދު ނަސީމުގެ އަތުން 17 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވެއެވެ.
އަޒްހަދު ނަސީމްއާ ދެކޮޅަށް ފުލުހުން ވަނީ ގއ. މާމެންދޫ، ނޫރަނިމާގެ ބަލައިފާސްކުރި ފޮޓޯ ރިޕޯޓު، ގއ. މާމެންދޫ، ފިޔާތޮށިވިލާ ބަލައިފާސްކުރިކަމުގެ ފޮޓޯ ރިޕޯޓު، ސީނަށް ދިޔަ ފުލުހެއްގެ ބަޔާން، ތަހުގީގު ބަޔާން، މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ޒާތުގެ ތެކެތި ފެނިފައިވާކަމުގެ ހެއްކާއި، އިންޓެލިޖެންސް ރިޕޯޓެއް ހުށަހަޅައިފައެވެ.
އެ ހެކިތަކައް ރިއާޔަތްކޮށް ކޯޓުން ނިންމީ އަޒްހަދު ނަސީމުގެ މައްޗަށް އެކަށީގެންވާ މިންވަރަށް ތުހުމަތުކުރެވޭ ވަރަށް ފުލުހުން ހެކި ހުށަހަޅާފައި ކަމަށެވެ.
އެހެންވެ، އަޒުހަދު ނަސީމް ބަންދުން ދޫކޮށްލައިފި ނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.
ކޯޓު އަމުރުގައިވާ ގޮތުން އަޒްހަދު ނަސީމަކީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ބެލެވޭ މީހެކެވެ. އަދި އޭނާއަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށުގެ ރިކޯޑު އޮންނަ މީހެއްކަމަށް އަމުުރުގައި ބަޔާންކޮށްފައިވެއެވެ.
މީގެކުރިން އަޒްހަދު ނަސީމްގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލަތަކަކީވެސް ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މައްސަލަތަކެއް ކަމަށާއި، ކުށުގެ އަމަލު ހިންގުމުގައި ދާދި އެއްގޮތް ގޮތަކަށް އަމަލުކޮށްފައިވާކަމަށް ބެލެވޭކަމަށް އަމުރުުގައި ބަޔާންކޮށްފައިވެއެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް