އެ މަނިކުފާނު ވެރިކަމަށް ގެނައުމަށް އެދޭ ގިނަ ބަޔަކު ތިބި ނަމަވެސް، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ހުންނެވީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވެރިކަމަށް ގެންނެވުމަށް ތާއީދުކުރައްވައިގެންކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެސްއެސްޓީވީގެ "ބާރުހަތަރެއް" ޕްރޮގުރާމުގައި މިރޭ ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނަށް ތާއީދުކުރާ މީހުން މަދު ނޫން ކަމަށެވެ. އެހެންނަމަވެސް، އެ މަނިކުފާނުގެ ސިޔާސީ ނިންމެވުމަކީ ފައްޔާޒަށް ތާއީދުކުރެއްވުންކަމަށް ސާފުކޮށްދެއްވިއެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވާ ހާލަތެއްގައިވެސް ޕްރައިމަރީގައި ވާދަކުރައްވާނަންތޯ ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ، ސޯލިހު އެ މަގާމަށް ވާދަކުރައްވަންވީ އެއްވެސް ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.
އަދި ކޮންމެ ބޭފުޅަކު ކުރިމަތިލެއްވި ނަމަވެސް، އެ މަނިކުފާނު ސާބިތުވެ ހުންނަވާނީ ފައްޔާޒަށް ތާއީދުކުރެއްވުމުގައިކަމަށް ވިދާޅުވިއެވެ.
"ކޮންމެ ބޭފުޅަކު ކުރިމަތިލި ނަމަވެސް އަޅުގަނޑު ހުންނަ ގޮތުގައި އަޅުގަނޑު ހުންނާނީ. އަޅުގަނޑު މި ހުރީ ފައްޔާޒަށް ތާއިދުކޮށްގެން" ނަޝީދު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ކޮމެންޓް