ކުރިއަށް އޮތް ފީފާ އިންޓަނޭޝަނަލް ބްރޭކްގައި ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން ލުބުނާންގެ އިތުރުން ކިރިގިސްތާނާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތައް ކުޅޭނެކަން މިއަދު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިއުލާނުކޮށްފިއެވެ.
ކުރިއަށް އޮތީ ބޮޑު އިންޓަނޭޝަނަލް ބްރޭކެކެވެ. އެއީ 21 ސެޕްޓެމްބަރުން އޮކްޓޯބަރު ހަވަނަ ދުވަހަށް އަންނަ އިންޓަނޭޝަލް ބްރޭކެކެވެ. ކޮންމެ ގައުމަކަށްވެސް ހަތަރު މެޗު ކުޅުމަށް ފީފާއިން ފުރުސަތު ދީފައި ވަނީ އާންމުކޮށް އޮކްޓޯބަރު މަހު އަންނަ އިންޓަނޭޝަނަލް ބްރޭކާއި ސެޕްޓެމްބަރު ބްރޭކް އެއްކޮށްލާފައި އޮތުމުންނެވެ. މީގެ ކުރިން އާންމުކޮށް ފީފާ އިންޓަނޭޝަނަލް ބްރޭކްތައް ތާވަލުކޮށްފައި ވަނީ މާޗު، ޖޫން، ސެޕްޓެމްބަރުގެ އިތުރުން އޮކްޓޯބަރާއި ނޮވެމްބަރަށެވެ. އޭރު ފަސް ބްރޭކް ދިން ނަމަވެސް މިފަހަރު އޮކްޓޯބަރު މަހު ބްރޭކާއެކު ސެޕްޓެމްބަރު މަހު ބްރޭކަށް ފީފާއިން ވަނި 16 ދުވަސް ހަމަޖައްސައިފައެވެ.
އެގޮތަށް ހަމަޖައްސަން ފީފާއިން ނިންމާފައި ވަނީ މިފަހަރުގެ ވޯލްޑް ކަޕް ދިގުލައިގެން ގޮސް، ޖުލައި 19 ވަނަ ދުވަހު ފައިނަލް ކުޅެން ޖެހުމާއެކު، އެކަމުގެ ސަބަބުން ގައިމީ ޓީމުތަކާއި ކުޅުންތެރިންނަށް ދިމާވެދާނެ އުނދަގޫތަކަށް ވިސްނާފައެވެ. މިއީ 1966 ވަނަ އަހަރަށްފަހު ސީޒަނާ އެންމެ ކައިރިން ނިމުނު ވޯލްޑް ކަޕެވެ.
މިފަހަރުގެ އިންޓަނޭޝަނަލް ބްރޭކްގައި ރާއްޖޭން ކުޅޭ ފުރަތަމަ މެޗު ކިރްގިސްތާނާ ދެކޮޅަށް ކުޅޭނީ މިމަހު 28 ވަނަ ދުވަހުއެވެ. އަދި، ދެވަަނަ މެޗުގައި ލުބުނާނާ ދެކޮޅަށް ރާއްޖޭން ނުކުންނާނީ އަންނަ އޮކްޓޯބަރު މަހުގެ އެއްވަަނަ ދުވަހުއެވެ. އެ ދެމެޗުވެސް ކުޅެން ނިންމާފައި ވަނީ ކިރިގިސްތާނުގެ ބިޝްކެކްގައެވެ.
ރާއްޖޭގެ ކޯޗުކަމާ އަލުން އިސްތަވާން އުރުބާނީ ހަވާލުވިފަހުން މިހާތަނަށް ކުޅެފައި ވަނީ ޑައިމަންޑް ޖުބިލީ މުބާރާތުގައެވެ. ސީނިއާ ޓީމުން އެ މުބާރާތް ނިންމާލީ އަފްގާނިސްތާނާއި ޕާކިސްތާން ކައިރިން ބަލިވެ، ބަންގްލަދޭޝްގެ އޮލިމްޕިކް ޓީމު އަތުން އެއްވަރުވެގެންނެވެ. އެ މާޔޫސްކަން ހަނދާން ނައްތާލަން އެކުވެރިކަމުގެ މެޗުތައް މުހިއްމުވެފައި އޮތް އިރު، ރާއްޖެއަށް ދެން އެންމެ އަވަހަށް އޮތް ބޮޑު މުބާރާތަކީ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި އޮންނަ ސާފް ޗެމްޕިއަންޝިޕެވެ.
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ، ޕާކިސްތާނާއި އިންޑިއާއާ އެއް ގްރޫޕެއްގައި ހިމެނޭ އިރު، ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކްގައި އިންޑިއާއިން ވަނީ ޕެނަމާ، އުރުގުއާއީގެ އިތުރުން ބްރެޒިލާ ދެކޮޅަށް އެގައުމުގައި މެޗުތައް ރާވައިފައެވެ. އަދި ޕާކިސްތާނުން ވަނީ އާސިއާން ކަޕްގައި ވާދަކުރަން ނިންމައިފައެވެ.
މުޙައްމަދު ޝަމްޢޫން
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ކޮމެންޓް