ގދ. ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ ގާނޫނާ ހިލާފަށް ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އެ ސިޓީގެ މޭޔަރު ސައުދު އަލީއަށް ދައުލަތުން ކުރާ ދައުވާއަކީ ސިޔާސީ ދައުވާއެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އިބޫ ވިދާޅުވީ ސައުދުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ކަނޑައެޅިގެން ސިޔާސީ ކުލަ ޖެހި، ވަކި ބައެއްގެ މަސްލަހަތަށްޓަކައި އުފުލާފައިވާ ދައުވާއެއް.
"ޒާތީ ހަސަދަ އެކުލެވިފައިވާ މިފަދަ ދައުވާއަކުން މޭޔަރު ސައުދު ތިނަދޫ ކުރިއެރުވުމަށް، ތިނަދޫ ސިޓީގެ ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ ހިދުމަތް ހުއްޓުވައެއް ނުލެވޭނެ. ރައްޔިތުން އިންތިހާބު ކޮށްފައިވާ ބޭފުޅުންނަށް ބިރުދައްކައި، ލާމަރުކަޒީ ނިޒާމު ނެތިކޮށްލައި، ބާރުތައް މައި ސަރުކާރަށް ޖަމާ ކުރުމަކީ ރާއްޖޭގެ ތަރައްގީގައި ފަހަތަށް އެޅޭ ފިޔަވަޅެއް.،" އިބޫ ވިދާޅުވިއެވެ.
ސައުދުގެ މައްޗަށް ކޮށްފައިވާ ދައުވާއާ ބެހޭގޮތުން މިދިޔަ އަންގާރަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އެ މައްސަލައާ ގުޅިގެން ސައުދުގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއެވެ. އެ އެ މައްސަލަ ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.
އިބްރާހިމް ޒަކީ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ކޮމެންޓް