ޗެލްސީއާ ގުޅުން ގޯސްވެފައި ހުރި އާޖެންޓީނާގެ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް ހޯދަން މެންޗެސްޓާ ސިޓީން ފުރަތަމަ ފަހަރަށް ބިޑު ކޮށްފިއެވެ.
ކުރިން ޗެލްސީއަށް ކޯޗުކަން ކޮށްދިން އެންޒޯ މަރެސްކާގެ އިރުޝާދުގެ ދަށުން ސިޓީން މި ސީޒަނަށް ނުކުމެފައިވާ އިރު، އެޓީމަށް ވަނީ މިޑްފީލްޑަރުންގެ މައްސަލަ ދިމާވެފައެވެ. ސްޕެއިންގެ ކެޕްޓަން ރޮޑްރީ، ބާސެލޯނާއަށް ވިއްކާލާފައިވާ އިރު، ބަނާޑޯ ސިލްވާ ވަނީ މި ސީޒަނަށް ރެއާލް މެޑްރިޑަށް ބަދަލުވެފައެވެ. އަދި ޓިޖާނީ ރެއިންޑާސް ވަނި ސައުދީ އަރަބިއްޔާގެ އަލް ގަދްސިއާއަށް ބަދަލުވާން އެއްބަސްވެފައެވެ.
މިޑްފީލްޑަށް ހައްލު ހޯދުމަށް މެންޗެސްޓާ ސިޓީން ކުރަމުންދާ މަސައްކަތުގައި މޮރޮކޯގެ އައްޔޫބު ބުއާދީ މިއަދު ރަސްމީކޮށް އިއުލާނު ކޮށްފައިވެއެވެ. އަނެއްކާވެސް އެޓީމުން އެންޒޯއަށް މަސައްކަތް ކުރަމުންދާ އިރު، މީގެ ކުރިންވެސް އޭނާ ހުރީ ޗެލްސީ ދޫކޮށްލުމާ ގާތުގައެވެ.
މިދިޔަ ސީޒަނުގެ ތެރެއިން އެންޒޯ ޗެލްސީއާ ގުޅޭ ގޮތުން ދެއްކި ވާހަކައެއްގެ ސަބަބުން ސަޕޯޓަރުންގެ ނުރުހުންވެސް އޭނާއަށް އަމާޒުވެފައިވާ އިރު، ދާދިފަހުން އެޓީމުން ފުލަމްއާ ދެކޮޅަށް ކުޅުނު މެޗުގައި އެންޒޯ ނުކުތީ ދެވަނަ ހާފުގެ ތެރެއިންނެވެ. އެހިސާބުން އެންޒޯ ފައިގައި ބޯޅަ ޖެހުނު ކޮންމެ ފަހަރަކު ޗެލްސީ ސަޕޯޓަރުން "ބޫ" ކޮށް، ނުރުހުން ފާޅުކޮށްފައިވެއެވެ.
އެންޒޯ މިދިޔަ ސީޒަނަށްފަހު ޗެލްސީ ދޫކޮށްލާނެ ކަމަށް މާކުރިން ބުނެފައިވާ އިރު، އޭނާ ހޯދަން މަސައްކަތްކުރި ކްލަބުތަކަށް ޗެލްސީން ވަނީ ސީޒަން ފެށުމުގެ ކުރިން ނުރަސްމީ މުހުލަތެއް ދީފައެވެ. އުމުރުން 25 އަހަރުގެ އެންޒޯއަށް ޗެލްސީން 120 މިލިއަން ޕައުންޑް ކިޔާފައިވާ އިރު، އެ މުއްދަތުގައި ސިޓީން އޭނާއަށް ރަސްމީކޮށް ބިޑެއް ނުކުރެއެވެ.
ހަބަރުތައް ބުނެފައި ވަނީ ސިޓީ ކޯޗު މަރެސްކާ، ބޮޑު އަގުގައިވެސް އެންޒޯ ގެންދަން މިހާރު ބޭނުންވާ ކަމަށާއި، އޭނާ ހޯދަން މިއަދު ރަސްމީ ބިޑެއް ހުށަހަޅާފައިވާ ކަމަށެވެ. ޗެލްސީން ބުނެފައިވާ އަގަށް އެންޒޯ ގެންދަން ސިޓީން އެއްބަސްވެއްޖެނަމަ، އެ ޓްރާންސްފާއަކީ ޕްރިމިއާ ލީގުގެ ތާރީހުގައި އެންމެ އަގުބޮޑު ޓްރާންސްފާއަށްވުމުގެ ފުރުސަތު އެބައޮތެވެ.
އިނގިރޭސި ނޫސްތައް ބުނެފައި ވަނީ ސިޓީއާއެކު އެންޒޯ މިހާރު އެއްބަސްވުމަކަށް ގޮސްފައިވާ ކަމަށާއި، ދެން އޮތީ ދެ ކްލަބުން އެއްބަސްވުމަކަށް ދިޔުން ކަމަށެވެ.
ޗެލްސީ
ޗެލްސީ
ޗެލްސީ
ޗެލްސީ
ކޮމެންޓް