ޑޮލަރު ކަޅު ބާޒާރު ހިންގުމުގެ ފަހަތުގައި ބޮޑެތި ރިސޯޓް ޗެއިންތަކާއި ކޮންސްޓްރަކްޝަން ކުންފުނިތަކުގެ އިތުރުން ސިޔާސީ ބޭފުޅުން އެބަތިބި ކަމަށާއި އެ މައްސަލަތައް ބަލައި ގާނޫނީ ފިޔަވަޅު އަޅަން ފަސްނުޖެހޭނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ކަމާބެހޭ ވުޒާރާތަކުން ގުޅިގެން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވީ، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ބޭރު ފައިސާ މާރުކުރުމުގެ ހުއްދަ އޮތް 63 ތަނެއް ހިންގަމުންދާ ކަމަށާއި ނަމަވެސް އެއްވެސް ލައިސަންސެއް ނެތި ގާނޫނާ ހިލާފަށް ގިނަ ފަރާތްތަކަކުން މަނީ އެކްސްޗޭންޖްގެ ވިޔަފާރި ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން ހަތް ގުޅޭ މައުލޫމާތު އެއްކޮށްފައިވާ ކަމަށާއި އެ ތަންތަނުން އެކަނިވެސް ފާއިތުވި ނުވަ ދުވަހުގެ ތެރޭގައި 76 މިލިއަން ޑޮލަރު ކަޅު ބާޒާރުގައި ވިއްކާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ހުއްދަ ނުނަގައި މިފަދަ މުއާމަލާތްތައް ހިންގުމަކީ ޖިނާއީ ކުށެއް ކަމަށާއި ޖިނާއީ ކުށެއް ކޮށްގެން އަމިއްލަ ގޮތުންނާއި ވިޔަފާރިތަކުން ފައިދާ ހޯދުމަކީ މަނީ ލޯންޑާކުރުން ކަމަށެވެ.
"ޖިނާއީ ކުށެއް ކޮށްގެން އަމިއްލަ ގޮތުންނާއި ވިޔަފާރިތަކުން ފައިދާ ހޯދުމަކީ މަނީ ލޯންޑާކުރުން. އެނގިގެންވެސް ނޭންގިވެސް މަނީ ލޯންޑްރިންގައި މި ބައިވެރިވެވެނީ. މި ތަންތަނުން ރާއްޖެއަށް ބޭރު ފައިސާ ވަންނަ މަސައްކަތެއް ނުކޮށް، މަނީ އެކްސްޗޭންޖް މަސައްކަތް މިކުރަނީ. އެކްސްޗޭންޖް ކުރާ ބައެއް މިއީ" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ކަމުގައި ރިސޯޓު ވިޔަފާރިތަކާއި ކޮންސްޓްރަކްޝަން ދާއިރާގެ އިތުރުން ސިޔާސީ މަސްރަހުގައި އުޅޭ ބައެއް ފަރާތްތައް ވެސް ޝާމިލުވާކަން ތަހުގީގަށް އެނގިފައިވާ ކަމަށާއި ވަކިން ހާއްސަކޮށް ބޮޑެތި ރިސޯޓް ޗެއިންތަކާއި އާމްދަނީގެ ގޮތުގައި ޑޮލަރު ލިބޭ ކޮންސްޓްރަކްޝަން ކުންފުނިތަކުން ކަޅު ބާޒާރަށް ޑޮލަރު ނެރޭކަން ފާހަގަވެފައިވާ ކަމަށެވެ.
"ރިސޯޓް ޗެއިނަކުން އެބަވޭ 9 މަސްތެރޭގައި 4 މިލިޔަން ޑޮލަރު ކަޅު ބާޒާރުގައި ވިއްކާފައި." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ،ކަޅުބާޒާރުގައި ހުއްދަ ނުނަގާ ޑޮލަރު ވިއްކާ ކޮންމެ ޓްރާންސެކްޝަނަކީ އެއަށް ގާނޫނުގެ ދަށުން އެމްއެމްއޭއިން ފިޔަވަޅު އަޅާނެ ކަމަށެވެ.
އަލީ ޔާމިން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ކޮމެންޓް